ގަތަރުގެ ޓޭންކަރަކަށް ހަމަލާދިންތާ ތިން ހަފްތާ ފަހުން ފުރަތަމަ ފަހަރަށް ގަތަރުގެ ގޭސް އުފުލާ، އުޅަނދެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފި އެވެ.
އީރާނުގެ ފާރސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބޯޓު ދަތުރުކުރީ އީރާނުގެ ހުއްދަ ހޯދައިގެންނެވެ.
ބްލޫމްބާގް އިން އެއްކުރި ޝިޕް ޓްރެކިން ޑޭޓާ އިން ދައްކާ ގޮތުގައި އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ޓްރާންސްޕޮންޑަރ އޮން ކޮށްގެންނެވެ. ހޯރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ޕާކިސްތާނަށް ކަމަށް ވެއެވެ.





