ދިވެހި|English 2 އޮގަސްޓު 2026 · 07:15
Top banner
Advertisement
އީރާނުގެ ހަމަލާތަކަށް ޒިންމާވާންޖެހޭނީ ހަމަލާ ރައްދުވާގައުމަކުން: އީރާން
ދުނިޔެ

އީރާނުގެ ހަމަލާތަކަށް ޒިންމާވާންޖެހޭނީ ހަމަލާ ރައްދުވާގައުމަކުން: އީރާން

އީރާނުގެ ހަމަލާތަކަށް ޒިންމާވާންޖެހޭނީ ހަމަލާ ރައްދުވާގައުމަކުން ކަމަށް އެގައުމުން ބުނެފިއެވެ.

މމުހައްމަދު އަލީ2 އޮގަސްޓު 2026

އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ރާވަމުންދަނިކޮށް އީރާނުން ބިރުވެރި އިންޒާރެއް ދީފީއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ މި އިންޒާރުދެއްވީ ތުރުކީ ވިލާތުގެ ޚާރިޖީ ވަޒިރު ހަކަން ފިދާން އާއި، ސައުދީގެ ޚާރިޖީވަޒީރު ފައިސަލް ބިން ފަރުހާނާއި، ޕާކިސްތާނުގެ ފީލްޑް މާޝަލް އާސިމް މުނީރާ ފޯނުން މަޝްވަރާ ކުރެއްވުމަށްފައެވެ.

އައްބާސް އަރަގްޗީ ވިދާޅުވީ ދުޝަމަނުންގެ ހަމަލާތަކުން ދިފާއުވުމުގެ ފުރުހަމަ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. އެގައުމަށް ހަމަލާއެއްދީފިނަމަ ރައްދުގައި ވަރުގަދަ ހަމަލާދީ އެގައުމުގެ އިސްތިގުލާލް ފުރިހަމައަށް ރައްކާތެރި ކުރާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނަށް އެމެރިކާ-އިސްރާލުންދޭ ހަމަލާ ތަކުގައި އަވަށްޓެރި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދީފިނަމަ ނުވަތަ ބައިވެރިވެއްޖެނަމަ އީރާނުން ރައްދުގައިދޭ ހަމަލާތަކަށް ޒިންމާވާންޖެހޭނީ ސީދާ އެގައުމަކުން ކަމަށް ވެސް އައްބާސް އަރަގްޗީ ވަނީ އިންޒާރު ކުރައްފައިފައެވެ.

އީރާނައި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވަމުންދާތީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް އަވަށްޓެރި ގައުމުތަކުން ކުރަމުންދާ މަސައްކަތްވަނީ ވަރުގަދަކޮށްފައެވެ.

ގުޅުންހުރި ޚަބަރު