ދިވެހި|English 30 އޮކްޓޯބަރު 2026 · 21:06
Top banner
Advertisement
އެމެރިކާގެ މަދަދާއެކު ހޮރުމުޒު ކަނޑު އޮޅި ހުރަސް ކުރަން އުޅުނު ދެ އުޅަނދަކަށް ހުރަސް އަޅައިފި
ދުނިޔެ

އެމެރިކާގެ މަދަދާއެކު ހޮރުމުޒު ކަނޑު އޮޅި ހުރަސް ކުރަން އުޅުނު ދެ އުޅަނދަކަށް ހުރަސް އަޅައިފި

ހޮރްމުޒު ކަނޑުއޮޅި ހުރަސް ކުރުން އުޅުނު ދެ އުޅަނދެއް ހުއްޓުވައިފި

އއަހުމަދު މުހައްމަދު30 އޮކްޓޯބަރު 2026

އެމެރިކާގެ މަދަދާއެކު ހޮރުމުޒު ކަނޑު އޮޅި ހުރަސް ކުރަން އުޅުނު ތެޔޮ އުފުލާ ދެ ޓޭންކަރު ހުއްޓުވައިފި ކަމަށް އައި.އާރު.ޖީ.ސީ. އިން ހުކުރު ދުވަހު ބުނެފިއެވެ. އައި.އާރު.ޖީ.ސީ. ބުނެފައިވަނީ މި ދެ އުޅަނދު މަސައްކަތްކުރީ ނެވިގޭޝަނާއި ޕޮޒިޝަނިންގ ގެ ހުރިހާ ނިޒާމުތަކެއް ނިވާލައިގެން (އެމެރިކާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު) ކަނޑުއޮޅި ހުރަސް ކުރަން ކަމަށެވެ. އެކަން ކުރަން އުޅުނީ ވެސް ހުއްދަ ދީފައި ނުވާމަގަކުން ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް އީރާނުން ދީފައެއް ނުވެއެވެ. މި ހާދިސާގައި އެއްވެސް އުޅަނދަކަށް ގެއްލުން ލިބުނުތޯނޫންތޯ ވެސް އީރާނުން ހާމަކޮށްފައެއް ނުވެއެވެ. އަދި ދެ އުޅަނދު ހުއްޓުވި ގޮތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު