ދިވެހި|English 30 އޮކްޓޯބަރު 2026 · 21:03
Top banner
Advertisement
އެމެރިކާގެ އެހީތެރިކަމާ ނުލައި އިސްރާއީލަށް އަޅުވެތި ކުރުމާއި އެކަން ދަމަހައްޓައި ނުލެވޭނެ: ހިޒްބުﷲ
ދުނިޔެ

އެމެރިކާގެ އެހީތެރިކަމާ ނުލައި އިސްރާއީލަށް އަޅުވެތި ކުރުމާއި އެކަން ދަމަހައްޓައި ނުލެވޭނެ: ހިޒްބުﷲ

އެމެރިކާއާއި ހުޅަނގުގެ އެހީތެރިކަމާ ނުލައި އިސްރާއީލަށް އެއްކަމެއްވެސް ނުކުރެވޭނެ

އއަހުމަދު މުހައްމަދު30 އޮކްޓޯބަރު 2026

އެމެރިކާއާއި ހުޅަނގުގެ އެހީތެރިކަމާ ނުލައި އިސްރާއީލަށް އެހެން ޤައުމުގެ އަޅުވެތިކޮށް އެކަން ދަމަހައްޓައި ފުޅާ ނުކުރެވޭނޭ ކަމަށް ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ  ނުވަތަ ސެކްރެޓަރީ-ޖެނެރަލް ޝައިޚް ނައީމް ގާސިމް ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކުގައި އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލޭ ކިޔުނު ދައުލަތުން ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކަށް އެމެރިކާއިން މަގުފަހިކޮށްދެމުން ނުދާނަމަ އެކަން ވެސް އިސްރާއީލަށް ނުކުރެވޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިޚް ޤާސިމް ވިދާޅުވީ ލުބުނާނުގެ ބިންތައް އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންކުރުމަށް ބޮޑެތި ޤުރުބާނީތަކެއް ވާންޖެހޭ ކަމަށެވެ. އެއީ ޖިހާދުކުރުމާއި ދިފާއުވުން ކަމަށް ވެސް ވިދާޅުވިއެވެ. ލުބުނާނުގެ ސަރުކާރާއި އިސްރާއީލާ ދެމެދު ވެވޭ ފްރޭމްވަރކް އެއްބަސްވުމަކީ ލުބުނާނުގެ ޤާނޫނުއަސާސީއާއި، ޠާއިފް އެއްބަސްވުމާއި، ޤައުމީ ޤާނޫނުތަކާއި، އެގައުމުގެ ރައީސް ޔޫސުފް އައުން ކުރައްވައިގެން ހުންނެވި ހުވައާއި ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް ޝައިޚް ޤާސިމް ވިދާޅުވިއެވެ. އެހެން ކަމުން މި އެއްބަސްވުމަށް ތާއިދު ނުކުރެވޭނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރާއީލުގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިސްރާއީލު ވެރިކަން ކުރަނީ ކާކުކަމާމެދު ހިޒްބުﷲ އިން ކަންބޮޑުނުވާ ކަމަށެވެ. ކޮންމެ މީހަކު ވެރިކަންކުރިޔަސް އިސްރާއީލުގެ ސިފައިން ޖެހޭނީ ލުބުނާނުގެ ބިންތައް ދޫކޮށް ފައިބަން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާ ސަރުކާރުން ލުބުނާނު ސަރުކާރަށް ފޯރުވަމުން ގެންދާ  ނުފޫޒު ވެސް ނިމުމަކަށް ގެނައުމަށް އޭނާ ގޮވައިލެއްވިއެވެ.

އޭނާ ވިދާޅުވީ ލުބުނާނުގެ އެންމެންނަކީ ވެސް އެއްބައިވަންތަ ބައެއް ކަމަށެވެ. އެކަމަށް ތައުރީފް ކުރައްވާ ކަމަށާއި ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަޙައްދުތައް އަލުން އާރާސްތުކުރުމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އިސްރާއީލުން ލުބުނާނަށް ހަމަލާތައް ދެމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެކަން ހުއްޓުވުމަށް އީރާނުން އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެ ހަމަލާތައް ހުއްޓުވުމާއި، ލުބުނާނުގެ ބިންތަކުން އިސްރާއީލު ފޭބުން ކަށަވަރުކުރުމަކީ އީރާނުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ލުބްނާނަށްޓަކައި އީރާނުން ވަމުންދާ ޤުރުބާނީއެއް ކަމަށާއި އެހެން ކަމުން އެކަމުގެ އަގުވަޒަން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރަހައްދުގައި ޖިހާދީ ހަރަކާތްތައްކާއި ދިފާޢީ ހަރަކާތްތައް ފެށުނީ އިސްރާއީލުގެ އަޅުވެތިކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. ހިޒްބުﷲ އިން މަސައްކަތްކުރަނީ އިސްރާއީލުން އަޅުވެތިކޮށްފައިވާ ބިންތައް މިނިވަންކޮށް ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ފަރާތުން ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ ހަނގުރާމަތަކަކީ "ގްރޭޓަރ އިސްރާއީލު" ގެ ނަމުގައި ހިންގާ އަޅުވެތިކަން ފުޅާކުރުމުގެ ކެމްޕޭންތަކެއް ކަމަށް ވެސް ހިޒްބުﷲ ގެ ވެރިޔާ ސިފަކުރެއްވިއެވެ.

 

 

ގުޅުންހުރި ޚަބަރު