ދިވެހި|English 20 ސެޕްޓެމްބަރު 2026 · 05:56
Top banner
Advertisement
އަޑިއަށްދިޔަ ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ފުލުހަކާއި ސިފައިންގެ މީހަކު ގެއްލިއްޖެއޭއަި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
ޚަބަރު

އަޑިއަށްދިޔަ ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ފުލުހަކާއި ސިފައިންގެ މީހަކު ގެއްލިއްޖެ

އަޑިއަށްދިޔަ ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

މމުހައްމަދު އަލީ6 އޮގަސްޓު 2026

އަޑިއަށްދިޔަ ސަޕްލައި ދޯންޏަކާއި އެއިން ދަތުކުރި މީހުން ދޯނިން ދަތުރުކުރި  މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެދޯނިން ޖުމްލަ 8 މީހުން ދަތުރުކުރި ކަމަށެވެ. އޭގެ ތެރެއިން ކެޕްޓަން ފިޔަވައި އަނެއް 7 މީހުން ވަނީ ސަލާމަތް ކުރެވިފައި ކަމަށެވެ. "މި މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފަ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުން،" އެމްއެންޑީއެފުން ވިދާޅުވިއެވެ.

އައްޑީއަށް ދިޔައީ "ފްރެންޑް 4" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނި އަޑިއަށްދިޔައީ ހިލައާއި ހިލަވެލި ބަރުކޮށްގެން ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ދޯނި އަޑިއަށް ދިޔައީ ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

 

ގުޅުންހުރި ޚަބަރު