ދިވެހި|English 6 އޮގަސްޓު 2026 · 11:34
Top banner
Advertisement
އުކުޅަހުގައި އަލަށް ތަރައްގީކުރި ވޮލީކޯޓު ރައީސް ޑރ. މުޢިއްޒު ހުޅުވައިިދެއްވައިފި
ޚަބަރު

އުކުޅަހުގައި އަލަށް ތަރައްގީކުރި ވޮލީކޯޓު ރައީސް ޑރ. މުޢިއްޒު ހުޅުވައިިދެއްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހު އައު ވޮލީކޯޓު ހުޅުއްވައި ދެއްވައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް6 އޮގަސްޓު 2026

އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ކޯޓު ހުޅުވައި ދެއްވީ ބުދަ ދުވަހު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއް ވަނީ ކުޅެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ގުޅުންހުރި ޚަބަރު