ދިވެހި|English 7 އޮގަސްޓު 2026 · 14:37
Top banner
Advertisement
ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު މީހުން އަދިވެސް ނުފެނޭސިފައިން އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނީ
ޚަބަރު

ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު މީހުން އަދިވެސް ނުފެނޭ

ތ. މަޑިފުށީން ފުރައިގެން ހުވަދުއަތޮޅަށް ދަތުރު ކުރަމުންދަނިކޮށް އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު މީހުން އަދިވެސް ނުފެނެއެވެ.

މމުހައްމަދު އަލީ7 އޮގަސްޓު 2026

އެ ދޯނީން ގެއްލިފައިވަނީ ތ. މަޑިފުށީ، ދޮންވެލި، މުޙައްމަދު ޙަމްދޫން (35އ) އާއި، މީހުން ސަލާމަތްކުރުމުގެ ހަރަކާތުގައި އުޅުނު، ފުލުހުންގެ  ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިއު (33އ) އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39އ) އެވެ. މުޙައްމަދު ޙަމްދޫނަކީ ދޯނީގެ ކައްޕިއެވެ.

މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފާއި ފުލުހުން ގުޅިގެންނެވެ.  މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް މިހާރުވެސް ވަނީ ބަލައިފައެވެ.

އެގޮތުން އޮގަސްޓް 6ވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް “SA038, SA037”ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން އެ 3 މީހުން އަދި ފެނިފައެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު