ދިވެހި|English 18 އޮގަސްޓު 2026 · 12:05
Top banner
Advertisement
ބޭރުގެ ފިއްތުންތަކާއެކުވެސް އީރާނުން ދައްކަމުންދާ ސާބިތުކަމުގެ އަސާސަކީ ކެތްތެރިކަން: ޕެޒެޝްކިއަންއީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
ދުނިޔެ

ބޭރުގެ ފިއްތުންތަކާއެކުވެސް އީރާނުން ދައްކަމުންދާ ސާބިތުކަމުގެ އަސާސަކީ ކެތްތެރިކަން: ޕެޒެޝްކިއަން

ބޭރުގެ ފިއްތުންތަކާއެކުވެސް އީރާނުން ދަކަމުންދާ ސާބިތުކަމުގެ އަސާސަކީ ކެންތެރިކަން ކަމުގައި އީރާނުގެ ރައީސް ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ18 އޮގަސްޓު 2026

އިތުރުވަމުންދާ ބޭރުގެ ފިއްތުންތަކާއި ނުރައްކާތަކާ ދެކޮޅަށް އީރާނުން ދައްކާ ގުޑުވާނުލެވޭފަދަ ސާބިތުކަމުގެ އަސާސަކީ ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، އުއްމީދު ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 1980 އިން 1988 އަށް ކުރެވުނު "އީރާނު-ޢިރާޤު ހަނގުރާމަ" އިގައި އިރާގުގެ އަތްދަށުވި އީރާނުގެ އަސީރުން މިނިވަންވެގެން އެނބުރި އައިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުވަނީ އީރާނުގެ ޢިއްޒަތާއި އަބުރު ގުރުބާންނުކޮށް، ގިނަ އަހަރުތަކެއް ވަންދެން ބަންދުގައި ތިބެ ގައުމަށްޓަކައި ގުރުބާންވުމަށް އެ އެންމެހާ ފަރާތްތަކުން ދެއްކި ސާބިތުކަމަށްޓަކައި ތަޢުރީފު ކުރައްވައިފައެވެ.

"އިތުރުވަމުންދާ ބޭރުގެ ފިއްތުންތަކާއި ނުރައްކާތަކުގެ ކުރިމަތީގައި އީރާނުން ދައްކާ ސާބިތުކަމުގެ އަސްލަކީ ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، އަދި އުއްމީދު،" ޕެޒްޝްކިއަން ވިދާޅުވެފައިވެއެވެ.

 އެމަނިކުފާނު ވިދާޅުވީ އަސީރުންގެ ގޮތުގައި އެގައުމު ބަތަލުން ހޭދަކުރި އަހަރުތަކުގައި ކުރިމަތިވި ކަންތައްތަކަކީ ހަމައެކަނި ހަނގުރާމައިގެ ތާރީޚުގެ ބައެއް ނޫންކަމަށެވެ. "އެއީ އީރާނުގެ ޢިއްޒަތާއި ކަރާމާތް ދޫކޮށްނުލައި، ތަޙައްމަލުކުރި ތަކުލީފުތަކާ އެކުވެސް ސާބިތުކަމާއެކު ދެމިތިބި ފިރިހެނުންގެވާހަކަ،" ޕެޒެޝްކިއަން ވިދާޅުވެފައިވެއެވެ.

އީރާނުން ބުނެފައިވާގޮތުގައި ސައްދާމު ހުސައިންގެ ވެރިކަމުގައި އީރާނާދެކޮޅަށް ކުރި 8 އަހަރު ދުވަހުގެ ހަނގުރާމައަކީ ހުޅަނގުގެ ބާރުތަކުގެ ފުރިހަމަ މަދަދާއެކު ކުރި ހަނގުރާމައެއް ކަމަށެވެ. މި ހަނގުރާމައަށްފަހު އަސީރުންގެ ގޮތުގައި ތިބި އީރާނުގެ ފުރަތަމަ ގުރޫޕު، ދުޝްމަނުންގެ ޖަލުތަކުގައި ދަތި އުނދަގޫ އަހަރުތަކެއް ހޭދަކުރުމަށްފަހު އެނބުރި ގައުމަށް އައިސްފައިވަނީ 1990 އޮގަސްޓް 17 ގައެވެ. އެފަހުން އީރާނުން އަންނަނީ އެދުވަސް ފާހަގަ ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު