ދިވެހި|English 14 ސެޕްޓެމްބަރު 2026 · 08:52
Top banner
Advertisement
ހުރުމުޒު ކަނޑުއޮޅިއާ ބެހޭ ބައްދަލުވުން ފަސްކޮށްފިޚަލީޖު ކަނޑުގެ ސަރަޙައްދާ ބެހޭ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢަލީ ބަކް
ދުނިޔެ

ހުރުމުޒު ކަނޑުއޮޅިއާ ބެހޭ ބައްދަލުވުން ފަސްކޮށްފި

ހުރުމުޒު ކަނޑުއޮޅިއާ ބެހޭ ބައްދަލުވުން ފަސްކޮށްފިއެވެ.

މމުހައްމަދު އަލީ14 ސެޕްޓެމްބަރު 2026

ތެހެރާން، އައި.އާރު.އެން.އޭ:  ޚަލީޖު ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ފަސް ކޮށްފި ކަމަށް އީރާނުން ބުނެފިއެވެ. މި ބައްދަލުވުން ފަސްކުރީ ސަރަޙައްދީ ބައެއް ޤައުމުތަކުގެ އެދުމުގެ މަތީން ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ކަށަވަރުކޮށްދީފައިވެއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ޚަލީޖު ކަނޑުގެ ސަރަޙައްދާ ބެހޭ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢަލީ ބަކް، އައި.އާރު.އެން.އޭ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯމަ ދުވަހަށް ތާވަލުކުރެވުނު މި ބައްދަލުވުން ފަސްކުރެވުނީ އޮމާނާއި، އީރާނުން ގުޅިގެން ނިންމި ނިންމުމަކުން ކަމަށެވެ.

"ސަރަޙައްދީ ބައެއް ޤައުމުތަކުގެ އެދުމުގެ މަތިން އަދި އޮމާން އާއި އީރާން ގުޅިގެން ނިންމި ނިންމުމާއެކު، ހޯމަ ދުވަހަށް ތާވަލުކުރެވުނު ޚަލީޖު ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ވަނީ އެހެން ތާރީޚަކަށް ފަސްކުރެވިފައި،" ބަކް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނުން އޮމާނާއެކު މަޝްވަރާކޮށް، މި ބައްދަލުވުން ބާއްވާނެ އެކަށީގެންވާ ވަގުތެއް ނިންމުމަށްޓަކައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖައްސަމުންދާނޭ ކަމަށެވެ.

މީގެ ކުރިން، އޮމާނުގެ ޚާރިޖީ ވަޒީރު ބަދަރު އަލްބުސައިދީވެސް ވަނީ ހުރުމުޒު ކަނޑުއޮޅިއާ ބެހޭ ސަރަޙައްދީ ބައްދަލުވުން ފަސްކުރެވިފައިވާކަން އިޢުލާނު ކުރައްވާފައެވެ.

ގުޅުންހުރި ޚަބަރު