ދިވެހި|English 14 ސެޕްޓެމްބަރު 2026 · 08:54
Top banner
Advertisement
އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޕެޒެޝްކިއަން އެނބުރި ތެހެރާނަށް ވަޑައިގެންފިއީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
ދުނިޔެ

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޕެޒެޝްކިއަން އެނބުރި ތެހެރާނަށް ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޕެޒެޝްކިއަން އެނބުރި ތެހެރާނަށް ވަޑައިގެންފިއެވެ.

އއަހުމަދު މުހައްމަދު14 ސެޕްޓެމްބަރު 2026

އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހުގެ ރޭ ތެހެރާނަށް އެނބުރި ވަޑައިގެންފިއެވެ.

މިއީ ބްރިކްސް ލީޑަރުންގެ ސުމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި ޕެޒެޝްކިއަން ވަނީ ތަޤުރީރު ކުރައްވައިފައެވެ.

 ނިއުދެލީއަށް ކުރެއްވި މި ދަތުރުފުޅުގައި ޕެޒެޝްކިއަން ވަނީ ބްރިކްސް ލީޑަރުންގެ ތިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން، އިންޑިއާއާއި ދެކުނު އެފްރިކާގެ ރައީސުންނާއި، މެލޭޝިޔާ، އިންޑިއާ އަދި އީތިއޯޕިއާގެ ބޮޑުވަޒީރުންގެ އިތުރުން އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެފަރާތުގެ ގުޅުން ބަދަހިކުރުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ކަމަށް އިރްނާ އިން ވަނީ ބުނެފައެވެ.

އީރާނުގެ ރައީސް ވަނީ އިންޑިއާގެ ދީނީ ލީޑަރުންނާއި، ތަޢުލީމާ ބެހޭ ފަރާތްތަކާއި، ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުންތަކުގައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ މުހިންމު ފުރުޞަތުތަކާއި ޤާބިލުކަމުގެ މައްޗަށް މަޝްވަރާ ކުރައްވައިފައެވެ.

މި ދަތުރުފުޅުގައި ޕެޒެޝްކިއަން ވަނީ ބްރިކްސްގެ ލީޑަރުންނާއެކު ގަސްއިންދުމުގެ ހަނދާނީ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އިންޑިއާ ޓުޑޭ އަށް އިންޓަވިއުއެއް ވެސް ދެއްވާފައެވެ. މި އިންޓަވިއުގައި ތަފާތު އެކި މައްސަލަތަކުގައި އީރާނުން ދެކޭގޮތާއި ގެންގުޅޭ ސިޔާސަތުތައް ހާމަކުރެއްވިއެވެ.

 

ގުޅުންހުރި ޚަބަރު