ދިވެހި|English 14 ސެޕްޓެމްބަރު 2026 · 09:33
Top banner
Advertisement
ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާމެދު ދުނިޔެއިން ހިމޭނުން އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ: އީރާން
ދުނިޔެ

ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާމެދު ދުނިޔެއިން ހިމޭނުން އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ: އީރާން

ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާމެދު ދުނިޔެއިން ހިމޭނުން އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އީރާނުން ބުނެފިއެވެ.

އއަހުމަދު މުހައްމަދު14 ސެޕްޓެމްބަރު 2026

ތެހެރާން، އައިއާރުއެންއޭ – އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދެމުންދާ ވައިގެ ޙަމަލާތަކާއި އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް އީރާނުގެ ހައި ކައުންސިލް ފޯ ހިއުމަން ރައިޓްސް (އެޗްސީއެޗްއާރު) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި، އެ ކައުންސިލުން ވަނީ ލުބުނާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން މަރުވެ އަދި ޒަޚަމްވަމުންދާ ދިއުމަކީ އިންސާނީ ޙައްޤުތަކުގެ އަސާސީ އުޞޫލުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެ ބަޔާނުގައިވާ ގޮތުން، އާންމުންނަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކަކީ ދިރިއުޅުމުގެ ޙައްޤާއި، ރައްކާތެރިކަމުގެ ޙައްޤު އަދި އިންސާނީ ކަރާމާތަށް އަރައިގަތުމެކެވެ. އަދި މިއީ ހަނގުރާމައިގެ ވަގުތުތަކުގައި ޢަސްކަރީ އަމާޒުތަކާއި އާންމުން ވަކިކުރުމުގެ އުޞޫލާއި، ޙަމަލާދިނުމުގައި މިންގަނޑުތަކަށް ބަލަންޖެހޭ އުޞޫލުތަކާ މުޅިން ޚިލާފު ކަންކަން ކަމަށް ވެސް ބުނެފައިވެއެވެ.

މިފަދަ ޖަރީމާތައް ތަކުރާރުވަމުންދިއުމާއި، އެކަމަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުށްވެރިން ސަލާމަތްވުމުގެ ނުރައްކާތެރި އާދައެއް އުފެދެމުންދާކަން ފާހަގަކޮށް، އިންސާނީ ޙައްޤުތަކުގެ މަސައްކަތުގައި ދެފުށް ފެންނަ އުޞޫލެއް ނެތި އަމަލުކުރުމާމެދުވެސް ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އިންސާނީ ޙައްޤުތަކަކީ އެންމެންނަށް އޮތް އެއްޗެއް. ޤައުމިއްޔަތަށް، ޖޯގްރަފީއަށް ނުވަތަ ސިޔާސީ ވިސްނުމަކަށް ބަލައި ލުބުނާނުގެ އާންމު ރައްޔިތެއްގެ ފުރާނައިގެ އަގު ދުނިޔޭގެ އެހެން ސަރަޙައްދުތަކުގެ އަނިޔާލިބޭ މީހުންނަށްވުރެ ކުޑަވެގެން ނުވާނެ،" ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިންސާނީ ޙައްޤުތައް އެންމެންނަށް އޮތްކަމަށް ވަކާލާތުކުރަމުން، އަންހެނުންނާއި ކުޑަކުދިން މަރަމުންދާއިރު ހިމޭނުން ތިބުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ނިޒާމުތަކުގެ އިތުބާރު ގެއްލޭކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ޔޫއެން ސެކިއުރިޓީ ކައުންސިލް ހިމެނޭހެން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާތަކުން ފިޔަވަޅު ނާޅާ އޮތުން ފާހަގަކޮށް އެޗްސީއެޗްއާރުން ބުނީ، މި ޖަރީމާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ޒަޔަނިސްޓުންނަށް އިންސާނީ ޙައްޤުތަކަށް އަރައިގަތުމަށާއި ބައިނަލްއަޤްވާމީ ޒިންމާދާރުކުރުމުގެ އުޞޫލުތައް މުގުރާލުމަށް އިތުރު ހިތްވަރެއް ލިބެމުންދާ ކަމަށެވެ.

އަދި ހިއުމަން ރައިޓްސް ކައުންސިލާއި، އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް އަދި ބައިނަލްއަޤްވާމީ އެހެނިހެން އިދާރާތަކުން ތަފާތުކުރުންތަކާއި ސިޔާސީ ވިސްނުންތައް ދޫކޮށްލުމަށް ގޮވާލައި، އާންމުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓުވުމަށާއި، ލުބުނާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކުރުމަށާއި، ހިންގާފައިވާ ޖަރީމާތައް ލިޔެކިޔުމުން ބަލަހައްޓައި ޤާނޫނީގޮތުން ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

"ދިރިއުޅުމުގެ ޙައްޤަކީ އެންމެންނަށް ލިބިގެންވާ ޢާންމު ޙައްޤެއް. އެއީ ޖޯގްރަފީއަށް ނުވަތަ ސިޔާސީ ކަންކަމަށް ބަލައި ވަކި ބަޔަކަށް އެކަނި ލިބޭ އިމްތިޔާޒެއް ނޫން،" އެޗްސީއެޗްއާރުގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު