ދިވެހި|English 14 ސެޕްޓެމްބަރު 2026 · 22:46
Top banner
Advertisement
ހަދަމުން ދިޔަ ރިސޯޓެއްގެ ޓަވަރަކުން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެމަސައްކަތު ސައިޓެއްގައި ބިދޭސީން މަސައްކަތުގައި
ޚަބަރު

ހަދަމުން ދިޔަ ރިސޯޓެއްގެ ޓަވަރަކުން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ

ހަދަމުން ދިޔަ ރިސޯޓެއްގެ ޓަވަރަކުން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މމުހައްމަދު އަލީ14 ސެޕްޓެމްބަރު 2026

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ފިރިހެނަކު ޓަވަރަކުން ވެއްޓި އަނިޔާވެއްޖެއެވެ.

ވެއްޓިފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. ފުލުހުން ވިދާޅުވީ އޭނާއަކީ އިންޑިއާ ރައްޔިތެއް ކަމަށެވެ. އޭނާ ވެއްޓުނީ ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތީން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމީހާއަށް މިހާރުދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހާގެ ހާލު މިވަގުތު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 15:58 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު