ދިވެހި|English 29 އޮކްޓޯބަރު 2026 · 21:42
Top banner
Advertisement
ފާއިތުވި ތިން އަހަރު ރާއްޖެއާއި ތުރުކީގެ ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައި: ރައީސް
ޚަބަރު

ފާއިތުވި ތިން އަހަރު ރާއްޖެއާއި ތުރުކީގެ ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައި: ރައީސް

އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެވޭނެކަމުގެ އުއްމީދު ރައީސް ކުރައްވާ.

ހިރި ނިއުސްހިރި ނިއުސް29 އޮކްޓޯބަރު 2026

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ތުރުކީގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ފާހަގަވެގެންދާކަމެއް ކަމުގައެވެ.

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

މިމުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ މުނާސަބަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއީ އެޤައުމުގެ ސިޔާދަތާއި، ތަރައްޤީ އާއި ޤައުމު އުފެއްދުމުގެ އަސާސްތައް ދެމެހެއްޓުމުގައި ޤަރުނެއް ކަޑައްތު ކޮށްފައިވާކަން ފާހަގަކުރެވޭ މުނާސަބަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ނޮވެމްބަރ 2026ގައި އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގައި ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާއި ބައްދަލުވެވަޑައިގެން، އެބައްދަލުވުމުގައި ދެގައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުން މުރާޖާ ކުރެވި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެވޭނެކަމުގެ އުއްމީދު އައުކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު