ދިވެހި|English 16 ސެޕްޓެމްބަރު 2026 · 08:45
Top banner
Advertisement
ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކު ޕީއެންސީގެ ކޮންގްރެސް ފަށައިފިހާހަކަށްވުރެ ގިނަ މަންދޫބުންނާއެކު ޕީއެންސީގެ ކޮންގްރެސް/ފޯޓޯ އެސްއެމް
ޚަބަރު

ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކު ޕީއެންސީގެ ކޮންގްރެސް ފަށައިފި

ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކު ޕީއެންސީގެ ކޮންގްރެސް ފަށައިފިއެވެ.

މމުހައްމަދު އަލީ15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސް މިއަދު ހެނދުނު ފަށައިފިއެވެ. ކޮންގްރެސް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ކޮންގްރެސްގެ އިފްތިތާހީ ދަންފަޅީގައި އެއްހާސް ފަންސާސް ހަތް މަންދޫބުން ބައިވެރިވިއެވެ.

އިފްތިތާހީ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕީއެންސީން އަބަދުވެސް އިސްކުރާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމު ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމާއި ރައްޔިތުންގެ ހެވަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޕީއެންސީ ކުރިއަށްދާނީ މި ސިފަތަކާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިފްތިތާހީ ސެޝަނަށްފަހު ދެވަނަ ސެޝަން ފަށާނީ ހެނދުގެ ސަޔަށްފަހުގައެވެ. މިސެޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ޕީއެންސީގެ މި ކޮންގްރެސްގައި ޕާޓީގެ ތަފާތު މަގާމްތަކަށް މީހުން އިންތިޚާބު ކުރުން އޮންނާނެއެވެ.  

ގުޅުންހުރި ޚަބަރު