ދިވެހި|English 16 ސެޕްޓެމްބަރު 2026 · 08:42
Top banner
Advertisement
އެމެރިކާގެ އިތުރު ޑްރޯނެއް ވައްޓާލައިފިން: އީރާން
ދުނިޔެ

އެމެރިކާގެ އިތުރު ޑްރޯނެއް ވައްޓާލައިފިން: އީރާން

އެމެރިކާގެ އިތުރު ޑްރޯނެއް ވައްޓާލައިފި ކަމަށް އީރާނުން ބުނެފިއެވެ.

އއަހުމަދު މުހައްމަދު15 ސެޕްޓެމްބަރު 2026

ސްޓްރެޓެޖިކް ހޯރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އިތުރު ޑްރޯނެއް ވައްޓާލައިފި ކަމަށް އީރާނުން ބުނެފިއެވެ. އިސްލާމިކް ރެވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ މިފަހަރު ވެސް ވައްޓާލައިފައިވަނީ ކުރިއަރާފައިވާ އެމްކިއު-1 މަރުކާގެ ޑްރޯނެއް ކަމަށެވެ.

އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ދާއިރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ މި ޑްރޯން ހޯރްމުޒް ކަނޑުއޮޅީގެ ހުޅަނގު ފަރާތު ޖައްވުގެ ތެރެއިން ފާހަގަކުރެވުނު ކަމަށެވެ. އެ ހުއްޓުވައި ވައްޓާލައިފައިވަނީ އައިއާރުޖީސީ އެއަރޯސްޕޭސް ފޯސްގެ ކުރިއަރާފައިވާ ވައިގެ އައު ދިފާއީ ނިޒާމަކުން ކަމަށެވެ.

މި ބަޔާނުގައިވާ ގޮތުން، މި އޮޕަރޭޝަން ހިންގާފައިވަނީ އީރާނުގެ އެއްގުރޫޕް ކުރެވިފައިވާ ވައިގެ ދިފާއީ ވިއުގައާ ގުޅިގެންނެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ސަބަބެއްނެތި ހަނގުރާމަ ފެށިފަހުން، އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ދުޝްމަނުންގެ ދިހަ ރަފައިގެން އަދި ޖާސޫސީ ގިނަ އަދަދެއްގެ ޑްރޯންތަކާއި އެހެނިހެން މަތިންދާބޯޓުތައް ހުއްޓުވައި ހަލާކުކޮށްލާފައެވެ. ފާއިތުވި ހަފްތާގައިވެސް އީރާނުގެ އަސްކަރީ ވައިގެ ދިފާއީ ބާރުން ވަނީ ހޯރްމުޒް މަތިން އެމެރިކާގެ އެމްކިއު-1 މަރުކާގެ ޑްރޯނެއް ވައްޓާލާފައެވެ.

މީގެއިތުރުން، އައިއާރުޖީސީ ނޭވީ ކޮމާންޑުން ބުނެފައިވަނީ "އަލްގަޔާ" ނަމަކަށްކިޔާ ސުޕަރޓޭންކަރެއް މަނާކުރެވިފައިވާ ސަރަހައްދުން ދަތުރުކުރަން އުޅުމުގެ ތެރޭގައި ކަނޑުގެ މައިންތަކެއްގައި ޖެހި، ހޯރްމުޒް ކަނޑުއޮޅީގެ ދެކުނުގައި އެ އުޅަންދުގައި ބޮޑު ގޮވުމެއް ގޮވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ އުޅަނދަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އީރާނުން ހާމަކުރައްވާފައެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު