ދިވެހި|English 16 ސެޕްޓެމްބަރު 2026 · 08:45
Top banner
Advertisement
ޕީއެންސީގައި އޮތީ ސާފު އެޖެންޑާއެއް، އެއީ އެންމެ ފުރަތަމަ ޤައުމު: ރައީސް
ޚަބަރު

ޕީއެންސީގައި އޮތީ ސާފު އެޖެންޑާއެއް، އެއީ އެންމެ ފުރަތަމަ ޤައުމު: ރައީސް

ޕީއެންސީގައި އޮތީ ސާފު އެޖެންޑާއެއް، އެއީ އެންމެ ފުރަތަމަ ޤައުމު ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ15 ސެޕްޓެމްބަރު 2026

ޕީއެންސީގައި އޮތީ ވަރަށް ސާފު އެޖެންޑާއެއް ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި ޕީއެންސީގެ ކޮންގްރެސްގެ އިފްތިތާހީ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއްވެސް އިމެއްނެތި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް (އެކިކަހަލަ ކަންކަމުގައި) ޒިންމާދާރުކަން ކުޑަ ގޮތުގައި މަސައްކަތްކުރާތަން ފެންނަ ކަމަށެވެ. އެފަދަ އެއްވެސް ކަމަކަށް ޕީއެންސީން ޖާގަ ދީގެންނުވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެކިކަހަލަ ކަންކަމުގައި އެއްވެސް ޒިންމާދާރު ކަމެއްނެތި ކަންކަންކުރާތަން އެބަފެނޭ. އެފަދަ އެއްވެސް ކަމަކަކަށް އަޅުގަނޑުމެންގެ ބަދަހި މިލަޝްކަރުގެ ތެރެއިން ފުރުސަތު ދެވިގެންނުވާނެ. އަޅުގަނޑުމެންގެ މިއޮތީ ވަރަށް ސާފު އެޖެންޑާއެއް. އެއީ އެންމެ ފުރަތަމަ ޤައުމު. ޤައުމަށް ހެވާއިލާބަ. ޤައުމަށް ހަމަޖެހުން. ޤައުމަށް ރައްކާތެރިކަން. ޤައުމަށް ތަރައްޤީ. އެއީ ޕީއެންސީއަކީ. އެއީ އަޅުގަނޑުމެންގެ ފިކުރަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންސީއަކީ ޒިންމާދާރު ޕާޓީއެއް ކަމަށެވެ. އެޕާޓީން އަބަދުވެސް އިސްކުރާނީ މާތްވެގެންވާ އިސްލާމްދީނާއި، ސަގާފަތާއި، ދިވެހި ވަންތަކަން ހިމާޔަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ސަލާމަތްތެރިކަމާއި ކުރިއެރުމަށް އަބަދުވެސް އިސްކަން ދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމުގައި ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ޕީއެންސީން ދީގެންނުވާނޭ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ކަންކަން ހިނގަމުންދަނީ ނުހަނު ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު