ދިވެހި|English 16 ސެޕްޓެމްބަރު 2026 · 08:43
Top banner
Advertisement
މި ދަތުރުފުޅުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނޭ ފުރުސަތު ހުޅުވިގެންދާނެ: އަންވަރު
ޚަބަރު

މި ދަތުރުފުޅުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނޭ ފުރުސަތު ހުޅުވިގެންދާނެ: އަންވަރު

މި ދަތުރުފުޅުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނޭ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ15 ސެޕްޓެމްބަރު 2026

މިދަތުރުފުޅުން ރާއްޖެއާއި މެލޭޝިއާގެ ރައްޔިތުންނަށް ފައިދާތަކެއް ކުރާނޭ ފުރުސަތުތަކެއް ހުޅުވިގެންދާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ސޯޝަލްމީޑިއާގައި އާންމު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅަކީ 1968 ވަނަ އަހަރު ޚާރިޖީ ގުޅުން ގާއިމުކުރެވުނީއްސުރެ އުފެދިފައިވާ "މެލޭޝިއާ-ދިވެހިރާއްޖޭގެ" އެކުވެރިކަމުގެ ތާރީޚުގައި މުހިންމު ދަނޑިވަޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، މެލޭޝިއާ އާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޙަޤީޤީ ފައިދާތަކެއް ކުރާނެ އެއްބާރުލުމުގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާ ފާގަކުރައްވައި އެމަނިކުފާނަށް އަންވަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ މިދަތުރުފުޅުގައި މިހާރުވަނި ދެގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި ކަމަށެވެ.

 

ގުޅުންހުރި ޚަބަރު