ދިވެހި|English 16 ސެޕްޓެމްބަރު 2026 · 08:45
Top banner
Advertisement
މެލޭޝިޔާއިން ރާއްޖެއަށް ސަތޭކަ މިލިއަން ޑޮލަރުދެނީ
ޚަބަރު

މެލޭޝިޔާއިން ރާއްޖެއަށް ސަތޭކަ މިލިއަން ޑޮލަރުދެނީ

މެލޭޝިޔާއިން ރާއްޖެއަށް ސަތޭކަ މިލިއަން ޑޮލަރުދޭން ނިންމައިފިއެވެ.

މމުހައްމަދު އަލީ15 ސެޕްޓެމްބަރު 2026

މެލޭޝިޔާއިން ރާއްޖެއަށް ސަތޭކަ މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށްފަހު އެމަނިކުފާނު ވިދާޅުވީ މިއީ ރާއްކޭގެ މަރުކަޒީ ބޭންކު އެމްއެމްއޭއިން އެދިގެން ދެއްވާ ފެސިލިޓީއެއް ކަމަށެވެ.

އަންވަރު ވިދާޅުވީ މި ފެސިލިޓީ ދެއްވުމަށް ނިންމެވީ ދެގައުމުގެ މެދުގައި އޮންނަ އިތުބާރާއި ރަހުމަތްތެރި ކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި ފައިސާ ދިނުމަށް އެއްބަސްވުމަށްފަހު މިކަން ނިންމުމަށްޓަކައި ދެ ގައުމުގެ މަރުކަޒީ ބޭންކުން ވެސް އަވަސް އިންތިޒާމް ތަކެއް ހަމަޖައްސަވަން ޖެހޭ ކަމަށެވެ. މިކަން އަވަހަށް ނިންމުމަށް މަރުކަޒީ ދެ ބޭންކުން ވެސް އެއްބަސްވެފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު