ދިވެހި|English 16 ސެޕްޓެމްބަރު 2026 · 09:20
Top banner
Advertisement
ޕީއެންސީގެ މަޤާމުތަކަށް ވޯޓުލާއިރު ޕާޓީއަށްވެފައިވާ ޤުރުބާނީތަކަށް ބަލަންވާނެ: ޑރ. ޚަލީލްޑރ. ޚަލީލް
ޚަބަރު

ޕީއެންސީގެ މަޤާމުތަކަށް ވޯޓުލާއިރު ޕާޓީއަށްވެފައިވާ ޤުރުބާނީތަކަށް ބަލަންވާނެ: ޑރ. ޚަލީލް

ޕީއެންސީގެ މަޤާމުތަކަށް ވޯޓުލާއިރު ޕާޓީއަށްވެފައިވާ ޤުރުބާނީގެ ޓްރެކް ރެކޯޑަށް ބަލަންވާނޭ ކަމަށް ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.

ޟޟަމްރަތު އަހްމަދު16 ސެޕްޓެމްބަރު 2026

މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސް (މަތީ މަޖިލިސް) ގައި އެކި މަޤާމްތަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް ވޯޓުދޭއިރު އެ ކެންޑިޑޭޓަކު ޕާޓީއަށް ވެފައިވާ ޤުރުބާނީއާއި ޚިދުމަތުގެ ޓްރެކްރެކޯޑަށް ބެލުމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެދިވަޑައިގެންފިއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޑރ. ޚަލީލް ވިދާޅުވެފައިވަނީ "ވޯޓް ދެވޭ އެ ކެންޑިޑޭޓް ޕާޓީއަށް ވެފައިވާ ޤުރުބާނިއާއި ޕާޓީއަށް ކޮށްދީފައިވާ ޚިދުމަތުގެ ޓްރެކް ރެކޯޑަށް ބަލަންވާނެ. މި ޕާޓީއާއި މި ފިކުރު ކުރިއެރުވުމުގެ އިޚްލާސްތެރި ނިޔަތް އޮންނާނީ މިފަދަ ފަރާތްތަކުގެ ހިތްޕުޅުގައިކަން އަޅުގަނޑުމެންގެ ވިސްނުމުގައި އަބަދުވެސް ބަހައްޓަންވާނެ،"

 އޭނާ ވިދާޅުވެފައިވަނީ ޕީއެންސީގެ އެންމެ އިސް މަޤާމުން ފެށިގެން އެހެން ހުރިހާ މަޤާމަކަށް ވެސް ކެންޑިޑޭޓަކު އިންތިޚާބު ކުރުމުގައި ވޯޓުލާންވާނީ އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކުގައި ކަމަށެވެ.

ޑރ. ޚަލީލް ވިދާޅުވެފައިވަނީ ކޮންގްރެސް ޕާޓީގެ ފިކުރު ފެށޭ ހިސާބަކީ "އެންމެ ފުރަތަމަ ޤައުމު" ހިސާބުން ކަމަށެވެ.

"މި ފިކުރު ދެމި އޮންނާނީ އަޅުގަނޑުމެން އެންމެ ދަތި، ނިކަމެތިވީ ދުވަހުވެސް އަދި އެންމެ ކާމިޔާބީގެ ދުވަހުގައި ވެސް މި ފިކުރު ކުރިއަރުވައި، މިފިކުރަށް ލޯބި އުފައްދަން މަސައްކަތް ކުރި ފަރާތްތައް މި އޮޑީގެ ހުންގާނުގައި ހިފަން ގެނެސްގެން،"

— ޑރ.ޚަލީލް

ކޮންގްރެސް ޕާޓީގެ މަޤާމްތަކަށް ކުރިމަތިލެއްވި އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޕީއެންސީގެ ފިކުރަށް ކުރިއެރުމާއި ތަނަވަސް ކަމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ޚަބަރު