ދިވެހި|English 17 ސެޕްޓެމްބަރު 2026 · 12:51
Top banner
Advertisement
އީރާނަށް ޖާސޫސްކޮށްދިން އިސްރާއީލު މީހަކު ތޭރަ އަހަރަށް ޖަލަށްއެލެކްސެންޑަރ ގްރަނޯވްސްކީ
ދުނިޔެ

އީރާނަށް ޖާސޫސްކޮށްދިން އިސްރާއީލު މީހަކު ތޭރަ އަހަރަށް ޖަލަށް

އީރާނަށް ޖާސޫސް ކޮށްދިނުމާއި. ތަންތާގައި ރޯކުރުމާއި، ތަކެއްޗަށް ގެއްލުން ދިނުމުގެ ކުށުގައި އިސްރާއީލު މީހަކު ޖަލަށް ލުމަށް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޟޟަމްރަތު އަހްމަދު17 ސެޕްޓެމްބަރު 2026

އީރާނަށް ޖާސޫސްކޮށްދިން އިސްރާއީލު މީހަކު ތޭރަ އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ކުރި މި ޙުކުމުގައި ޖާސޫސްކުރުމާއި، ރޯކުރުމާއި، އަދި ތަކެއްޗަށް ގެއްލުން ދިނުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ބުނެފައެވެ.

އުމުރުން 30 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ އެލެކްސެންޑަރ ގްރަނޯވްސްކީ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. އިސްރާއީލުގެ ހާއަރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުށް ސާބިތުވީ ޑިޖިޓަލްކޮށް ލިބުނު އެތައް ހާސް ޑޮލަރެއްގެ ބަދަލުގައި، އީރާނުގެ އޭޖެންޓެއްގެ ފަރާތުން ސެކިއުރިޓީއާ ގުޅުންހުރި މަސައްކަތްތަކެއް ކޮށްދިނުމުންނެވެ.

ދައުވާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ވަނީ ޓެލެގްރާމް މެދުވެރިކޮށް އެ މީހާއާއެކު މުއާމަލާތްތައް ކުރިއަށްގެންގޮސް، އިސްރާއީލުގެ ކުރީގެ ޖެނެރަލް އަދި ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގާންޓްޒް ދިރިއުޅުއްވާ އަވަށުގެ ފޮޓޯތައް ފޮނުވާފައެވެ.

މީގެ އިތުރުން ހާއަރެޓްޒްއިން ބުނި ގޮތުގައި، އޭނާ ވަނީ 9 އުޅަނދެއްގައި ރޯކޮށް، ގްރަފިޓީ ކުރަހައި، އަދި އަނިޔާވެރި އަމަލުތައް ހިންގުމަށްޓަކައި ކުށުގެ ރެކޯޑް އޮންނަ އެހެން މީހުން ހޯދައި ބައިވެރިކުރުމަށް އެދިފައެވެ.

 

ގުޅުންހުރި ޚަބަރު