ދިވެހި|English 1 ނޮވެމްބަރު 2026 · 01:47
Top banner
Advertisement
ދުޝްމަނުންނަށް ރައްދު ދިނުމުގައި އެއްވެސް ހައްދެއް ނޯންނާނެ: ޖެނެރަލް އަބްދުﷲ
ދުނިޔެ

ދުޝްމަނުންނަށް ރައްދު ދިނުމުގައި އެއްވެސް ހައްދެއް ނޯންނާނެ: ޖެނެރަލް އަބްދުﷲ

ދުޝްމަނުންނާ ކުރިމަތިލާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް

އއަހުމަދު މުހައްމަދު31 އޮކްޓޯބަރު 2026

އެމެރިކާ ނުވަތަ އިޒްރޭލުގެ ފަރާތުންދޭ އުދުވާނީ ހަމަލާއަކަށް ރައްދު ދިނުމުގައި އެއްވެސް ހައްދެއް ނޯންނާނޭ ކަމަށް އިރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް ޢަލީ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދުޝްމަނު އެމެރިކާއާއި އިސްރާއީލުން ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުންދޭނީ ގަދަފަދަވެގެންވާ އަދި ނިންމާލެވޭ ފަދަ ރައްދެއް ކަމަށް ޖެނެރަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އީރާނުން މިހާރުވަނީ އަވަސް މުއްދަތެއްގެ ތެރޭގައި އިހުނަށްވުރެ  އަސްކަރީ ގޮތުން ބާރުވެރިކަން ހޯދައި ވަރަށް ގަދަފަދަކޮށް ކަމަށެވެ. ރައްދު ހަމަލާދޭއިރު ސަރަޙައްދީ ގޮތުން ވެސް އެއްވެސް ހައްދެއް ނޯންނާނޭ ކަމުގެ ބިރުވެރި އިންޒާރު އޭނާ ދެއްވިއެވެ. ދުޝްމަނުންގެ އަމާޒުތަކަށް ޙަމަލާދޭން އިރާނުން މިހާރުވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ޤައުމާ މުޚާޠަބުކުރައްވަމުން މޭޖަރ ޖެނެރަލް ޢަބްދުﷲ ވިދާޅުވީ އިރާނުގެ ސިފައިން ވަނީ ޤައުމުގެ ކޮމާންޑަރ-އިން-ޗީފް އާޔަތުﷲ ސައްޔިދު މުޖްތަބާ ޙުސައިނީ ޚާމަނާއީ ސިފައިންގެ އިސްވެރިންނަށް ކުރެއްވި އަމުރަކާ ގުޅިގެން، ދުޝްމަނުންގެ އަމާޒުތަކާއި މުދަލުގެ އައު ލިސްޓެއް އެކުލަވާލާފައި ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ އިންޤިލާބުގެ ލީޑަރުގެ ހިކުމަތްތެރި ނިންމުންތައް ވެގެންދާނީ އިރާނު ސިފައިންނަށް މަގުދައްކައިދޭ އަލިގަދަ ދަންމަރަކަށް ކަމަށެވެ.

ޢަބްދުﷲ ވިދާޅުވީ، ކޮންމެ ފެންވަރެއްގެ ނުވަތަ ކޮންމެ ސިފައެއްގެ އުދުވާނަކާވެސް ކުރިމަތިލުމަށް ސިފައިން ތައްޔާރަށް ތިބި ކަމަށާއި، ޤައުމުގެ ކޮމާންޑަރ-އިން-ޗީފަށާއި ޤައުމަށް ޔަޤީންކަން އަރުވަނީ ފަހު ނޭވާއާ ހަމައަށް ވެސް ޤައުމު ދިފާޢު ކުރުމުގައި ސާބިތުވެ ތިބޭނޭ ކަމަށެވެ.

އިސް ކޮމާންޑަރު ވިދާޅުވީ، އިރާނުގެ އަސްކަރިއްޔާއިން އެމެރިކާއާއި ޒަޔަނިސްޓު ދުޝްމަނުންނާ ކުރިމަތިލާނީ ބޮޑު ބާރުވެރިކަމަކާއި ގަދަފަދަކަމާއެކު، ސަރަޙައްދީ އެއްވެސް ހައްދެއް ނެތި ކަމަށެވެ. ޒަމާނީ އަދި ކުރިއަރާފައިވާ ވަސީލަތްތަކާއި ޓެކްނޮލޮޖީ މި ހަނގުރާމައިގައި ބޭނުންކުރާނޭ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރުވެސް ހަނގުރާމައިގެ ތައްޔާރީތައް މެދުނުކެނޑި ވަރުގަދައަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އިޒްރޭލު ސަރުކާރަށް އިންޒާރުދެއްވަމުން ޖެނެރަލް އަބްދުﷲ ވިދާޅުވީ، އިރާނާ ދެކޮޅަށް އިތުރު އުދުވާނެއް ހިންގައިފިނަމަ، އެކަމާ ކުރިމަތިލާނީ އެމީހުންގެ ހިތަށްވެސް ނާރާފަދަ އައު އުކުޅުތަކާއެކު ކަމަށެވެ. އިރާނާއެކު ދުޝްމަނުންކުރި ތިންވަނަ ހަނގުރާމައިގައި ފެނުނު ކަންކަމަށްވުރެ މާ ހަރުކަށި ރައްދަކާ އެކު އެގައުމުތަކާ ކުރިމަތިލާން ތައްޔާރު ކަމަށް ވެސް ވިދާޅުވިއެވެ.

ދުޝްމަނުންނާއެކީ ކުރެވޭ ހަނގުރާމަ ނިމޭނެ ގޮތެއް ކަނޑައަޅައި، އެކަމާބެހޭ ގޮތުން ގޮތް ނިންމާނީ ޔަޤީނުންވެސް އިރާނުން ކަމަށް ވެސް މޭޖަރ ޖެނެރަލް ޢަބްދުﷲ ގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

މި މެސެޖު ދޫކޮށްލާފައިވަނީ، މުޖުތަބާ ޚާމަނާއީ ސިފައިންގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު، ދުޝްމަނުންގެ ކޮންމެ ނުރައްކަލަކަށް، އެއްވެސް ހައްދެއްނެތި ވީ އެންމެ އަވަހަކަށް ރައްދުދިނުމަށް ސިފައިންނަށް އަމުރުކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ފަހުންނެވެ.

ގުޅުންހުރި ޚަބަރު