ދިވެހި|English 17 ސެޕްޓެމްބަރު 2026 · 12:51
Top banner
Advertisement
އޮމާން މަގުން އިތުރަށް ތެޔޮފޯރުކޮށްދޭން ސައުދީން ނިންމުމުން ތެލުގެ އަގު ދަށަށް
ދުނިޔެ

އޮމާން މަގުން އިތުރަށް ތެޔޮފޯރުކޮށްދޭން ސައުދީން ނިންމުމުން ތެލުގެ އަގު ދަށަށް

އޮމާން މަގުން އިތުރަށް ތެޔޮފޯރުކޮށްދޭން ސައުދީން ނިންމުމުން ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ.

އއަހުމަދު މުހައްމަދު17 ސެޕްޓެމްބަރު 2026

ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ތެލުގެ އަގު ވަނީ ދަށަށް ގޮސްފައި ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފިއެވެ.

މި ބަދަލުއައީ އިރުމަތީ މެދުތެރޭގެ ސަރަހައްދުގައި ތެޔޮ ފޯރުކޮށްދިނުމަށް ބުރޫއަރާފާނެކަމުގެ ބިރު ކުޑަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން އޮމާން މެދުވެރިކޮށް ސޫދާނަން އިތުރަށް ތެޔޮ ފޮނުވަން ނިންމި ކަމަށް ފެތުރުނު ޚަބަރުތަކާއެކު، އައި ބަދަލެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޖީއެމްޓީ ގަޑިން 00:49 އާއި ހަމައަށް ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ 1.24 ޑޮލަރު (1.2 އިންސައްތަ) ދަށަށް ގޮސް، ފީފާއެއްގެ އަގު 104.59 ޑޮލަރަށް ދަށްވެފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއުޓީއައި) ފިއުޗާސްގެ އަގު ވަނީ 1.14 ޑޮލަރު (1.1 އިންސައްތަ) ދަށަށް ގޮސް، 101.29 ޑޮލަރަށް ދަށްވެފައެވެ.

 

ގުޅުންހުރި ޚަބަރު