މާލޭ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ. ފަރުދެމުން ގެންދަނީ 26 އަހަރުގެ އަންހެނަކަށާއި، 22 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ ފިރިހެނަކަމަށެވެ. އަންހެން މީހާއަށް ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ދެ ފިރިހެނުންނަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗުގައެވެ. މި ތިން މީހުންނަކީވެސް ދިވެހީންނެވެ. މި ތިން މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ވެފައިވަނީ ދެ ސައިކަލް ކަމަށެވެ. ނުރައްކާތެރި މި އެކްސިޑެންޓުގެ ލިބުނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެރޭ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ވިދާޅުވިއއެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވަނީ މައުލޫމާތު ދެއްވައިފައެވެ.





