ދިވެހި|English 21 ސެޕްޓެމްބަރު 2026 · 11:05
Top banner
Advertisement
ފެރިދޫގައި ނިޔަމި ކޯހެއް ފަށައިފިފެރިދޫގައި ފެށި ނިޔަމި ކޯހުގައި ކިޔަވައިދެއްވަނީ/ފޮޓޯ އެމްއެންޑީއެފް
ޚަބަރު

ފެރިދޫގައި ނިޔަމި ކޯހެއް ފަށައިފި

މި ކޯހުގައި ފެރިދޫގެ 26 މީހަކު ވަނީ ބައިވެރިވެފައެވެ.

މމުހައްމަދު އަލީ21 ސެޕްޓެމްބަރު 2026

އއ. ފެރިދޫގައި ނިޔަމި ކޯހެއް ފަށައިފިއެވެ. މިއީ އެރަށު ކައުންސިލާއި، އެމްއެންޑީއެފް ގުޅިގެން ހިންގާ ކޯހެކެވެ. "ނިޔަމި ކޯސް 2" ނަމުގައި ފެށި މިކޯސް ކުރިއަށްދާނީ ސެޕްޓެންބަރު 19އިން 22އަށެވެ. މިއީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ހިންގާ  ކޯހެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ކޮޙުގައި ފެރިދޫގެ 26 މީހަކު ބައިވެރިވެފައިވެއެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޓްރޭނިންގ ސްކޫލުގެ މުދައްރިބުންނެވެ. 

މި ކޯހުގައި ކަނޑުދަތުރުކުރާ އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތައް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކުގެ މަޢުލޫމާތު ހިމެނޭހެން ކަނޑުދަތުރުކުރުމާ ގުޅުންހުރި ތަފާތު ބައިތައް ކިޔަވައިދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ސިފައިން ވަނީ ވިދާޅުވެފައެވެ.

 

ގުޅުންހުރި ޚަބަރު