ދިވެހި|English 23 ސެޕްޓެމްބަރު 2026 · 03:22
Top banner
Advertisement
ދޯންޏަކުން ފީނަން ފޭބި ދުވާފަރު ޒުވާނަކު ނިޔާވެއްޖެފޮޓޯ އޭއައި
ޚަބަރު

ދޯންޏަކުން ފީނަން ފޭބި ދުވާފަރު ޒުވާނަކު ނިޔާވެއްޖެ

ނިޔާވެފައިވަނީ ރ. ދުވާފަރު ޒުވާނެއް. އޭނާގެ އުމުރަކީ 30 އަހަރު. ގެއަކީ ލީލީމާގެ.

މމުހައްމަދު އަލީ23 ސެޕްޓެމްބަރު 2026

ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ދޯންޏަކުން ފީނަން ފޭބި ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ، މުޙައްމަދު ޝައްފާނެވެ. އޭނާގެ ޢުމުރަކީ  30 އަހަރު ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އެމީހާ ނިޔާވެފައިވަނީ ފީނުމަށްފަހު ދޯންޏަށް ވެސް އެރިފަހުން ހާލު ދެރަވެގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދޯންޏަކީ ރ. ދުވާފަރު ދޯންޏެކެވެ. އެމީހާ ފީނުމަށްފަހު ދޯންޏަށް އެރިކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެފަހުން ހާލު ދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ވަނީ ނިޔާވެފައި ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައުލޫމާތު ލިބުނީ 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 15:20 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރުވަނީ މިމައްސަލަ ބަލަން ފަށައިފައެވެ.

ގުޅުންހުރި ޚަބަރު