ދިވެހި|English 23 ސެޕްޓެމްބަރު 2026 · 13:14
Top banner
Advertisement
ނޭވާލާން އުނދަގޫވި އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
ޚަބަރު

ނޭވާލާން އުނދަގޫވި އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު، ވ. ފުލިދޫ ޕޮލިހާއި އެއަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން މީހަކު ނިޔާވެއްޖެއެވެ.

ހިރި ނިއުސްހިރި ނިއުސް23 ސެޕްޓެމްބަރު 2026

އެމީހާ ވޯޓަރ ބްރޭކް ވަގުތު ދިޔައީ އެއްގަމަށް އަރަން ކަމަށެވެ. އެއް ގަމަށް އަރަން ގޮސްގޮސް ހުއްޓާ ނޭވާލާން އުނދަގޫވާކަމަށް އެމީހާ ބުނި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެހިސާބުން އޭނާއަށް ފަރުވާ ދިނުމަށް އެރަށު ހެލްތު ސެންޓަރަށް  ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، އެމީހާ ނިޔާވެފައިވަނީ 18:14 އެހައިކަންހާއިރު ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދެއްވި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނިޔާވެފައިވަނީ 39 އަހަރުގެ ދިވެހި އަންހެނެކެވެ.

އެމީހާގެ ހަށިގަނޑު މާލެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑުވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ގުޅުންހުރި ޚަބަރު