ދިވެހި|English 27 ސެޕްޓެމްބަރު 2026 · 10:42
Top banner
Advertisement
އެމެރިކާއަކީ ޓެރަރިސްޓުންނަށް ތަމްރީންދޭ ގައުމެއް: ޕެޒެޝްކިއަންއީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
ދުނިޔެ

އެމެރިކާއަކީ ޓެރަރިސްޓުންނަށް ތަމްރީންދޭ ގައުމެއް: ޕެޒެޝްކިއަން

ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ދެއްކެވީ ޓްރަމްޕުގެ ފެންވަރާ ގުޅޭ ވާހަކަފުޅުތަކެއް ކަމަށެވެ. އ

މމުހައްމަދު އަލީ27 ސެޕްޓެމްބަރު 2026

އެމެރިކާއަކީ މުޅި ދުނިޔޭގައި ޤަތުލުއާމްތައް ރާވައި، ޓެރަރިސްޓުންނަށް ތަމްރީނުދޭ ޤައުމެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިތުރުން އިސްރާއީލަކީވެސް އެމެރިކާގެ މަދަދާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މީހުން މަރަމުންދާ ގައުމެއް ކަމަށް ވިދާޅުވިއެވެ. މިހުރިހާ ޖަރީމާތަކެއް ހިންގަމުން އެމީހުން ދައުވާކުރަނީ އެއީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.

އދ.ގެ 81 ވަނަ އާންމު މަޖިލީހުގައި ބޭއްވެވި ބައްދަލުވުންތަކާއި ސެޝަންތަކާ ބެހޭގޮތުން ތަފްސީލީ މައުލޫމާތު ދެއްވަމުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ "އަޅުގަނޑުގެ ތަޤްރީރުގައާއި، އަދި ބޭއްވި ބައްދަލުވުންތަކުގައި، އިރާނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތިކަމާއި، އެމެރިކާއާއި ޒަޔަނިސްޓުން ހިންގަމުންދާ ޖަރީމާތަކުގެ މައްޗަށް އަލިއަޅުވާލިން،" ކަމަށެވެ.

އދ.ގެ 81 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަމިޓުގައި ދެއްކެވީ ޓްރަމްޕުގެ ފެންވަރާ ގުޅޭ ވާހަކަފުޅުތަކެއް ކަމަށެވެ. އޭނާގެ ވާހަކަތަކަށް ދެއްވި ރައްދުގައި "އަޅުގަނޑުމެން ވަނީ އިރާނާއި، އަޅުގަނޑުމެންގެ ޢަޤީދާއާއި ޤަބޫލުކުރުންތައް އެންމެ ފުރިހަމައަށް ދިފާޢުކޮށްފައި،" ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

މި ސަމިޓަށްފަހު އެކި ޤައުމުތަކުގެ މަންދޫބުންނާއެކު ވަރަށް ޚާއްޞަ ބައްދަލުވުންތަކެއް ބޭވިކަމަށްވެސް ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ. އޭގެ ތެރޭގައި ސުވިޒަރލޭންޑުގެ ރައީސް، ނޯވޭގެ ބޮޑުވަޒީރު، ބަންގްލަދޭޝްގެ ރައީސް، ޔޫރަޕިއަން ކައުންސިލްގެ ރައީސް، އަދި ލެބަނަން، ނެދަރލޭންޑްސް، ޕާކިސްތާން، އަރްމީނިއާ އަދި ޤަޠަރުގެ ބޮޑުވަޒީރުންގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، އެމެރިކާގެ މައިގަނޑު މީޑިއާތަކުގެ އެޑިޓަރ-އިން-ޗީފުންނާއި، އެމެރިކާގެ ތިންކް ޓޭންކްތަކާއެކު ވެސް ބައްދަލު ކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާގައި ދިރިއުޅޭ އިރާނުގެ ފާހަގަކޮށްލެވޭ ބޭފުޅުންނާއި އާންމު ރައްޔިތުންނާވެސް ބައްދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ. އެ ބައްދަލުވުންތައް ބޭއްވީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ބައްދަލުންވަތަކުގައި ވެސް އެމެރިކާއާއި ޒަޔަނިސްޓުން އިރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަ ދެއްކެވި ކަމަށް ވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު