ދިވެހި|English 12 އޮކްޓޯބަރު 2026 · 12:14
Top banner
Advertisement
ބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
ޚަބަރު

ބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކޮށް އަދި އެއިން ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ދެމީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.  

މމުހައްމަދު އަލީ12 އޮކްޓޯބަރު 2026

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 9 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.  

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެމީހުން ކަމަށްވާ، ރަޖި ރަޖަ ކުމަރް (47އ) އާއި، ނަޑަން ވިންސެންޓްރަޖް ޕޮން (54އ) އެވެ. މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް ދެމީހުން ވެސް މިހާރުވަނީ މޯިލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުުވިއެވެ.

ގުޅުންހުރި ޚަބަރު