ދިވެހި|English 14 އޮކްޓޯބަރު 2026 · 01:22
Top banner
Advertisement
ރަސްމާލެ މަޝްރޫޢުގައިހުރި ކަންބޮޑުވުންތަކާއެކު ޢިލްމުވެރީން މިނިސްޓަރ ޝަހީމާ ބައްދަލު ކުރައްވައިފި
ޚަބަރު

ރަސްމާލެ މަޝްރޫޢުގައިހުރި ކަންބޮޑުވުންތަކާއެކު ޢިލްމުވެރީން މިނިސްޓަރ ޝަހީމާ ބައްދަލު ކުރައްވައިފި

ރަސްމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ރިޔަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޒޯން މަޝްރޫޢާ ގުޅޭ ގޮތުން ދީނީ ޢިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މމުހައްމަދު އަލީ13 އޮކްޓޯބަރު 2026

އެ ގުޅުމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ "ދީނީޢިލްމުވެރިންގެބޮޑެތިކަންބޮޑުވުންތަކެއްހުރުމުން، އިސްލާމީކަންތައްތަކާއިއަވްޤާފާބެހޭވަޒީރުޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާ ޢިލްމުވެރިންގެ ގުޅުމުން ބައްދަލުކޮށްފީމެވެ.

ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހި ރާއްޖޭގައި ބޭރު މީހުން ރަށްވެހިވެ، ރާއްޖޭގެ އިސްލާމީ ވަޙްދަތާއި، ސިޔާދަތާއި މިނިވަންކަމާއި، އިޤްތިޞާދީ އަމިއްލަވަންތަކަމާއި ދިވެހި ސަޤާފަތަށް ކޮށްފާނެ ނުރައްކާތެރި އަސަރުތަކާ މެދު ހުރި ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ވަނީ މިނިސްޓަރ ޝަހީމާ ހިއްސާކޮށްފައެވެ.

ޢިލްމުވެރިންގެ ގުޅުމުން މި މައްސަލަ މިނިސްޓަރ ޝަހީމާ ހަމައަށް ގެންދެވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްކޮށްފައިވާ ގިނަ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ ވިދާޅުވެފައެވެ.

ޢިލްމުވެރިންގެ ޖަމިއްޔާއިން ވިދާޅުވެފައިވަނީ އެބޭފުޅުންވަނީ މިކަމުގައިހުރި ނުރައްކާތެރިކަން މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމަށް ތަފްޞީލުކޮށްދެއްވައިފައި ކަމަށެވެ. އަދި އެކަންބޮޑުވުންތަކާއި ނުރައްކާތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ޙިއްސާކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް އެ ޖަމިއްޔާއިން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު