ރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަހައްދަށް ޤާނޫނާޚިލާފަށް ވަދެ އުޅުނު ބޭރުގެ 3 މަސްބޯޓެއް އަތުލައިގެންފި ކަމަށް، އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ.
މި ބޯޓުތައް އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއަރ ކޯރ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި 3 މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުންނެވެ. ބޯޓުފަހަރު އަތުލައިގަތީ އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭގައެވެ. މި ބޯޓުފަހަރު މާލެ ގެނެއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.





