ދިވެހި|English 5 ނޮވެމްބަރު 2026 · 16:54
Top banner
Advertisement
ޔަހޫދީ ލޮބީ ގްރޫޕުތައް ބޮލާފޮށާއެޅިއްޖެ!
ރިޕޯޓް

ޔަހޫދީ ލޮބީ ގްރޫޕުތައް ބޮލާފޮށާއެޅިއްޖެ!

އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމު ޝަޚުޞިއްޔަތަކީ ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ4 ނޮވެމްބަރު 2026

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މިޝިގަން ސްޓޭޓުން އެމެރިކާގެ ސެނެޓަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި، ވެރިކަންކުރާ ރިޕަބްލިކަންގެ ކެންޑިޑޭޓް މައިކް ރޮޖާސް ބަލިކޮށް، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދު، ސެނެޓްގެ ގޮނޑި ކާމިޔާބުކޮށްފިއެވެ. އަދި އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމު ޝަޚުޞިއްޔަތުގެ ގޮތުގައި ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދުގެ ނަން ތާރީޚުގައި ލިޔެވިއްޖެއެވެ.

މި ތާރީޚީ ކާމިޔާބީއަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަކުރެވޭނެ ކާމިޔާބީއެކެވެ. އެގޮތުން އެމެރިކާގެ ތާރީޚުގައި ޔަހޫދީ ލޮބީ ގްރޫޕުތަކާއި ދެކޮޅަށް އެމެރިކާގެ ރައްޔިތުން އެމީހުންގެ ބަސް އިއްވުމަކީވެސް ތާރީޚުގައި ލިޔެވެންޖެހޭ ވާހަކައެކެވެ. ފާއިތުވި 350 ވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ ސިޔާސީ މައިދާނުގައި ވަކިހިއްޕާލާފައި އޮތް ޔަހޫދީންގެ ނުފޫޒާއި ދެކޮޅަށް ރައްޔިތުން ނުކުތުމަކީ ކުޑަކަމެއް ނޫނެވެ.

މިޝިގަންގެ މި އިންތިޚާބަށް ބަލާއިރު، ޔަހޫދީ ލޮބީ ގްރޫޕެއް ކަމަށްވާ އައިޕެކުން، ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދުގެ ޕްރައިމަރީއާ ދެކޮޅަށް އެކަނިވެސް 30 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ. އަދި އޭނާ ޕްރައިމަރީއިން ހޮވުމުން، ރިޕަބްލިކަންގެ ކެންޑިޑޭޓުގެ ކެމްޕޭނަށް އިތުރު 9 މިލިއަން ޑޮލަރު އައިޕެކުން ޚަރަދުކުރިއެވެ. އަދި ޔަހޫދީ އެހެނިހެން ލޮބީ ގްރޫޕްތަކާއި، ވިޔަފާރިތަކުން ޖުމްލަ 70 މިލިއަން ޑޮލަރު މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެއާއި ވިދިގެން، އައިޕެކާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ނުކުމެ، ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދުގެ ކެމްޕޭނަށް 12 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

ފައިސާއާއި، މީޑިއާ އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. އެކަމަކު، މިޝިގަން ސްޓޭޓުގެ ރައްޔިތުން ތިބީ ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދުއާ އެކީގައެވެ. އަދި މިޝިގަންގެ ރައްޔިތުންވަނީ ވޯޓުން އެކަން ސާބިތުކޮށްދީފައެވެ. ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދުވަނީ މިޝިގަނުން ވޯޓްލީ މީހުންގެ ވޯޓުގެ 51.85 އިންސައްތަ ކާމިޔާބު ކޮށްފައެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖަރސްއަށް ލިބުނީ ވޯޓްލީ މީހުންގެ ވޯޓުގެ 46.16 އިންސައްތަ ވޯޓެވެ. މިއީ އެންމެފަހުގެ ނަތީޖާއިން ދައްކާ ގޮތެވެ. ވޯޓު ގުނުން ކުރިއަށްދާތީ ކުޑަ ބަދަލެއް އަޔަސް، މިޝިގަންގެ ގޮނޑި މުޙައްމަދު ޢަބުދުއްރަޙުމާން މުޙައްމަދު ސަޢީދުވަނީ ކަށަވަރުކޮށްފައެވެ.

ގުޅުންހުރި ޚަބަރު