ދިވެހި|English 26 ނޮވެމްބަރު 2026 · 22:47
Top banner
Advertisement
ސްޓެލްކޯގެ ސޭވް އެނާރޖީ ކެމްޕެއިން އިފްތިތާހުކޮށްފި
ޚަބަރު

ސްޓެލްކޯގެ ސޭވް އެނާރޖީ ކެމްޕެއިން އިފްތިތާހުކޮށްފި

މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުން

މމުހައްމަދު އަލީ26 ނޮވެމްބަރު 2026

ސްޓެލްކޯ އިން ކުރިއަށްގެންދާ "ސޭވް އެނަރޖީ" ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއީ ހަކަތަ އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ފެށި ކެންޕޭޭނެކެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އޭނާ މި ކެންޕޭން އިފްތިތާހު ކޮށްދެއްވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫ ހުޅުދޫ އަދި މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ސެޝަނުގައި ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ކެމްޕެއިން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ. އަދޮ މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ގައުމީ ފެންވަރުގައި އެންމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއް ކަމަށެވެ.

ޑރ. އަޒުވަރު ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިޞާދަށާއި ތިމާވެއްޓަށްޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ. ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި މަހު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި އެއީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށް އެމްޑީ ވިދާޅުވިއެވެ.

މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމެވެ. އެގޮތުން ބޭކާރު ގޮތުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވާލުމާއި ގިނަ އިރުތަކަކަށް ބޭރަށް ވަޑައިގަންނަވާ ކަމަށްވާނަމަ، އޭސީ ނިއްވާލުމަކީ މުޅި ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ވެވޭ ބޮޑު އެހީތެރިކަމެއްކަން ހަނދާންކޮށްދީ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގްތިސާދުކުރެވޭނެ މަގުތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕެއިނަކީ ހަމައެކަނި މާލެއަށް ނުވަތަ ވަކި ސަރަހައްދަކަށް ޚާއްސަ ހަރަކާތެއް ނޫންކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމަޔަށް މި ކެމްޕެއިންގެ ސެޝަންތައް ފޯރާނޭ ކަމަށެވެ. ހަމައެކަނި ވާހަކަތަކެއް ދައްކާލުމުގެ ބަދަލުގައި، ކަރަންޓު އިސްރާފުކުރުން ބޮޑުތަނުން ދަށްކުރެވި، އަތުން ހިފޭ ފަދަ ހަގީގީ ނަތީޖާއެއް ނެރުމަކީ މި މަސައްކަތުގެ އަމާޒު ކަމަށް އެމްޑީ ވިދާޅުވިއެވެ.

ޑރ. އަޒުވަރު ވިދާޅުވީ މިއީ ގައުމީ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެންމެހައި ރައްޔިތުން ބައިވެރިވެ، އަމިއްލަ ގޭބިސީންނާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމަށް ސްޓެލްކޯއިން ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ޚަބަރު