ދިވެހި|English 27 ނޮވެމްބަރު 2026 · 19:51
Top banner
Advertisement
ރަސްމާލެ މައްސަލާގައި ބަސްބުނުމަށް މިރޭ އާޓިފިޝަލް ބީޗައަށް އާދޭ: ފައްޔާޒުު
ޚަބަރު

ރަސްމާލެ މައްސަލާގައި ބަސްބުނުމަށް މިރޭ އާޓިފިޝަލް ބީޗައަށް އާދޭ: ފައްޔާޒުު

މުޒާހަރާ ފެށޭނީ މިރޭ ނުވައެއް ޖަހާއިރު

މމުހައްމަދު އަލީ26 ނޮވެމްބަރު 2026

ފުށިދިއްގަރު ފަޅުގައި ހިއްކާ ރަސްމާލެ އަކީ ސަރުކާރުން ބިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ހިއްކާ ބިމެއް ކަމަށާއި އެބީން ޔޫއޭއީގެ އީގަލްހިލްސްއަށް "ހިލޭ ދޫކޮށްލާއިރު ދިވެހިންގެ ބަހެއް ހޯދަން ޖެހޭ" ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން  "ރެފަރެންޑަމެއް" ނުބާއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެ ރައްޔިތުންނަށް ގޮންޖެއްސަވާފައި ކަމަށެވެ. ރެފަރެންޑަމެއް ނުބާއްވާނޭ ކަމަށް ރައީސް ވިދާޅުވީ ވޯޓުން ބަލިވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

"މިކަމުގައި ބަސް ބުނުމުގެ ފުރުސަތެއް ރައްޔިތުންނަށް ލިބެން ޖެހޭ. ފުރުސަތު ހޯދުމަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗަށް ވަޑައިގަންނަވާ،" ފައްޔާޒު ވިދާޅުވެފައިވެއެވެ.

މިރޭ ބާއްވާ އަހާބަލަ މުޒާހަރާގައި ފައްޔާޒާއި ރައީސް ނަޝީދާއި ކުރީގެ ވީޕީ ފައިސަލް ނަސީމާއި އަދިވެސް ޕާޓީގެ ސީނިއަރ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގުޅުންހުރި ޚަބަރު