ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ހައްގުތައް ހޯދައިދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރު
ޚަބަރު

ހައްގުތައް ހޯދައިދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރު

މމުހައްމަދު އަލީ11 ޑިސެމްބަރު 2024
އެމްޑީޕީ އޮތީ ރައްޔިތުންނާއެކުގައި ކަމަށާއި ރައްޔިތުން އަތުން ގެއްލިފައިވާ ހައްގުތައް އަނބުރައި ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން އެޕާޓީ އޮތީ ތައްޔާރަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ. "ގާނޫނުއަސާސީގެ ދިފާއުގައި" ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "އެމްޑީޕީ މިއޮތީ ރައްޔިތުންނާ އެކީގައި މި ހައްގުތައް ހޯދައި ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރަށް،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ބާރުއޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އެއްވެސް ހައްގަކީ މީހަކު ހެޔޮހޮތުން ތަބަކަކަށް ލާފައި ދޭނޭ އެއްޗެއްނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "ހައްގުތައް ޖެހޭނީ ހޯދަން. މީގެ ކުރިން ވެސް އަޅުގަނޑުމެން ހައްގުތައް ހޯދިން. މިއަދުވެސް ނުކުމެ މިތިބީ އެހައްގުތައް ކަށަވަރު ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުން އެދިގެން ތިބި ހައްގުތައް އަނެއްކާ ވެސް ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހައްގުތައް ހޯދުމަށްޓަކައި ރައްޔިތުން ކުރަންވީ ކަމަކީ ފަހަތަށް ނުޖެހި ނުކުތުން ކަމަށް ވެސް ވިދާޅުވިއެވެ. އޭރުން އަޑު އަހަން ސަރިކާރަށް މަޖުބޫރުވާނެ ކަމަށް ވިދާޅުވިއެވެ. "ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން މަޖުބޫރުވާނެ. އަޅުގަނޑުމެން ނުވާނެ ފަހަތަށް ޖެހިގެންނެއް. ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި،" ރައީސް ސާލިހު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު