ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރައީސް ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ ބިރު ދައްކަން
ޚަބަރު

ރައީސް ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ ބިރު ދައްކަން

އއަހުމަދު މުހައްމަދު13 ޑިސެމްބަރު 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ސެޓްލްމަންޓް ކޮމިޓީގެ މައްސަލާގައި ކުރީގެ ރައީސް ސާލިހާއި ކެބިނެޓްގައި ހިމެނޭ ބައެއް ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގަން ފާސްކޮށްފައި ވަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ. ޣަފޫރު ވިދާޅުވީ ސެޓްލްމަންޓް ކޮމިޓީ އުފެއްދީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި އެ ކޮމިޓީގެ ކޮންމެ ނިންމުމެއް ވެސް ނިންމީ ކެބިނެޓްގެ ރުހުމާއި ބަންޑާރަ ނައިބުގެ ލަފައާ އެކު ކަމަށެވެ. މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި ރިޕޯޓުގައި ކުރީގެ ރައީސް ސާލިހުގެ އިތުރުން އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ވެސް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ގުޅުންހުރި ޚަބަރު