ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން ދޭންޖެހޭ: ފައްޔާޒު
ޚަބަރު

ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން ދޭންޖެހޭ: ފައްޔާޒު

މމުހައްމަދު އަލީ1 މޭ 2025
މަސައްކަތްތެރިންގެ ހިނގާލުމަށް ފުލުހުން ހުރަސްއެޅުމުން އެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ފާޑުވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ހަތަރެއްޖެހިއިރު ފަސްފަންނުގައި ފެށި ހިނގާލުން މަޖީދީމަގުން ކުރިއަށްދެވޭނޭ  ކަމަށް ފުލުހުން ކުރިންވަނީ އަންގައިފައެވެ. އެހެންނަމަވެސް ހިނގާލުން ފެށިތަނާ ފުލުހުންވަނީ ހުރަސް އަޅައި މަޖީދީމަގުން ނުދެވޭނޭ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން އޭރުވެސް ބުނަމުންދިޔައީ މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށާއި ހިނގާލުމަށް ފުލުހުންނަށް ހުރަސް ނޭޅޭނޭ ކަމަށެވެ. އެއީ ކުރެވޭނޭ ކަމެއް ނޫންކަން ވިދާޅުވި އެއްބޭފުޅަކީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރެވެ. އެހެންނަމަވެސް އެންމެފަހުން ބައިވެރިން ވަނީ ގޮތްދޫކޮށް ފުލުހުން އެންގި ގޮތަށް އަމީނީ މަގަށް މުޒާހަރާ ބަދަލުކޮށްފައެވެ. ވަކި ހިސާބުން އެމަގުގައިވެސް ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅައިފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވެފައިވަނީ މުޒާހަރާ ކުރުމުގެ ދުސްތޫރީ ހައްގު ބޭނުން ކުރުމުގެ ހުއްދަ މަސައްކަތްތެރިންނަށް ދޭން ޖެހޭކަމަށެވެ. އެހެން ކަމުން ކުރިން އެއްބަސްވެފައިވާ ގޮތަށް ސުލްހަވެރި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް ފުލުހުންނަށް ގޮވާލާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު