ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޑްރާމާ ސިލްސިލާ،
މުނިފޫހި

ޑްރާމާ ސިލްސިލާ،

އއިބްރާހީމްް ސަމީރު8 ޖުލައި 2025
މީގެ 25 އަހަރު ކުރިން ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ ޑްރާމާގައި ތުލްސީ ވިރާނީގެ ރޯލުން ސްމްރީތީ އިރާނީ ވަނީ ތުންތުންމަތިން މަގްބޫލު ނަމަކަށް ވެފައެވެ. "ސަބަބަކީ، މައިދައިތަވެސް ކޮންމެވެސް ޒަމާނެއްގައި ޅީ ދަރިއަކަށް އުޅުނެވެ." މިއީ އިންޑިއާގެ މަޝްހޫރު ގެވެހި ޑްރާމާ ސިލްސިލާ، ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ2 ގެ އައު ސިލްސިލާގައި ސިޔާސީ ލީޑަރު ސްރީމްތީ އީރާނީގެ އެނބުރި އައުމެކެވެ. މި ޑްރާމާ އާންމުކޮށް ދައްކަން ފަށާނެ ވަކި ތާޜީޚެއް ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ތޫލްސީގެ ރޯލުގައި އިންޑިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްތަރު އަދި ބީޖޭބީ އަންހެން ހަނގުރާމައިގެ ތަރި ފެނިގެންދާނެ ގޮތް ވަނީ މީޑިއާއަށް ފާއްދާލާފައެވެ. ފާއްދާފައިވާ ތަސްވީރުގައި ސްމްރީތީ ފެންނަނީ މެރޫން ސާރީއެއްގައެވެ. އަދި އޭނާ ފާހަގަ ވެގެން ދަނީ ނިއްކުރީގައި ބޮޑުކޮށް ޖަހާފައި ވާ ބިންޑީންނާއި ސަގާފީ ގަހަނާތަކާއި ކަޅު މިނާފުށްތަކެއްގެ މަންގަލްސޫތުރައިންނެވެ. ސްރީމްތީ ބުނަނީ މިއީ އެނބުރި އައުމެއް ނޫނެވެ. މިއީ އަމިއްލަ ވާހަކައެއް ކިޔައިދިނުމަށް އައުމެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު