ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަވަހަށް ރެކޯޑު ސާފުކުރަން ޑީޖީއޭ އިން އެދެފި
ޚަބަރު

އަވަހަށް ރެކޯޑު ސާފުކުރަން ޑީޖީއޭ އިން އެދެފި

މމުހައްމަދު އަލީ28 ސެޕްޓެމްބަރު 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓްކުރަން އުފެއްދި ކޮމިޝަނަށް ކުރިމަތިލާ މީހުން ވަގުތު އޮއްވައި ރެކޯޑު ސާފުކުރަން ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)އިން އެދެފިއެވެ. ޑީޖީއޭއިން ކޮށްފައިވާ އުލާނެއްގައި ބުނެފައިވަނީ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޯބަރު ހަތަރަކާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެން ކަމުން އިންތިހާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ބުނެފައިވެއެވެ. ރެކޯޑު ސާފުކުރަނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމަށް ވިޔަސް މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑު ޕޯޓަލަށް އަޅައި އަޕްޑޭޓްކުރެވިފައި ނުވާ ކަމަށް ވެސް ޑީޖީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމަކަށްވާތީ ވަގުތު އޮއްވައި ހުށަހަޅަން އެދޭކަމަށްވެސް ބުނެފައިވެއެވެ. ޑީޖޭއޭއިން ބުނީ މީޑިއާ ކޮމިޝަނުގެ އިންތިހާބާ ގުޅިގެން ރެކޯޑު ސާފުކުރުމަށް އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ 1:00 ގެ ފަހުން ހުށަހަޅާ މީހުންގެ ރެކޯޑު އީސީން ކަނޑައަޅާފައިވާ ވަގުތަށް ނުނިމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ގާނޫނުގެ ދަށުން އެކުލަވާލާ މީޑިއާ ކޮމިޝަންގައި ހިމެނެނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ. އިިސީން މިހާރު ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުން ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. އެ އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 4:00 އަށެވެ. އެ އިންތިހާބުގެ ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި މާލޭގަ އެވެ. އަދި ވޯޓު ނެގުން ނިމޭތާ 30 މިނެޓަށް ފަހު ވޯޓު ގުނަން ފަށައި ރަސްމީ ނަތީޖާ ވެސް އިއުލާނު ކުރަން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ޚަބަރު