މި މައްސަލައިގައި ހަނުހުރި މޮޑެލް އަލީ ނާހިދު މިއަދު ވަނީ ބަޔާނެއް ނެރެ، އޭނާ އެކަނިވެރިކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ. ނާހިދު ބުނި ގޮތުގައި އެ ހެދުމަކީ ޑިޒައިނަރު ފާތިމާއާ ގުޅިގެން، އޭނާގެ ފުރިހަމަ ބައިވެރިވުމާއި އެއްބަސްވުމާ އެކު ފަރުމާކުރި "ކުރުތާ" އެކެވެ. އަދި އެއީ އަންހެން ހެދުމެއް ނޫން ކަމަށާއި، ދެކުނު އޭޝިއާގެ ސަގާފަތާ ގުޅޭ ފިރިހެން ހެދުމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މައްސަލަ ހޫނުވެ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، ހަގީގަތް އެނގިތިބެ ޑިޒައިނަރާއި ފިލްމު ޓީމުން އޭނާއާ ދުރުވެ، އެކަނި މީހަކު އެންމެންގެ ކުރިމައްޗަށް ދޫކޮށްލާފައިވާތީ ނާހިދު ވަނީ އެކަމާ ހިތާމަ ފާޅުކޮށްފައެވެ.
[caption id="attachment_9633" align="alignnone" width="1131"]
ހަނުހުރި މޮޑެލް އަލީ ނާހިދު ލިލީ ފިލްމުގެ ޕްރިމިއާގައި[/caption]
މި ހެދުމުގެ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދިވެހި ސަގާފަތާއި އިސްލާމީ އުސޫލުތަކާ ނުގުޅޭ ހެދުން އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ނާއީޝާ ފަދަ އާންމުންގެ މެދުގައި މަގުބޫލު ފަރާތްތަކުން ބުނަމުން ދަނީ، ރައީސް ވެސް ނުރުހުން ފާޅުކުރެއްވި މަސައްކަތެއް ކުރި ފަރާތަކަށް، އެކަމުގެ ޒިންމާއިން ރެކި ގޭގައި ފިލައި އޮއްވައި ސަރުކާރުން އެވޯޑު ދިނުމަކީ ޖޯކެއް ކަމަށެވެ. އަދި ވިޔަފާރިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ކުރާ މަސައްކަތަކަށް ޒިންމާވުން ކަމަށް ވާއިރު، މި ހާދިސާއިން ފެނިގެން ދިޔައީ އޭގެ އިދިކޮޅު ކަމަށް ވެސް ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ.




