ދިވެހި|English Aug 24, 2026 · 08:07
Top banner
Advertisement
ޖިންސުއްލަތީފުންގެ ޒާތީކަންކަމުގެ ތެރެއަށް ދައުލަތުން ވަދެގެންނުވާނެ: ނަޝީދު
News

ޖިންސުއްލަތީފުންގެ ޒާތީކަންކަމުގެ ތެރެއަށް ދައުލަތުން ވަދެގެންނުވާނެ: ނަޝީދު

މމުހައްމަދު އަލީJan 4, 2026
މުސްލިމް އަންހެނުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެމީހުގެ ޒާތީކަމްކަމުގެ ތެރެއަށް ދައުލަތުން ވަންނަން ނުޖެހޭނޭ ކަމަށް ރާއްޖޭގެ ކުރީގެ  ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިވިލްސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާ ބެހޭ ގޮތުން ބައެއް މީހުން ހިތްހަމަނުޖެހިގެން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. "މުސްލިމް ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެބައިމީހުންގެ އެންމެ ޒާތީކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ ގޮތް ކިޔާކަށް ނުޖެހޭ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެމްޑީޕީގެ އަންހެނުންގެ  ރޫހުން ނެރެފައިވާ ބަޔާނެއްގައި ވަނީ މި ގަވާއިދަށް ފާޑުކިޔައިފައެވެ. ރާއްޖޭގެ ކުރީގެ  ފޮރިން މިނިސްޓަރ ދުންނާ މައުމޫން ވެސް ވަނީ ކަމަށް ފާޑުވިދާޅުވެފައެވެ.

Related News