ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
ޕާކުކުރާނެ ޖާގައެއްނެތް! އެކަމަކު ޕާކުރަންޖެހެނީ ޕާކިންޒޯނުގައި!
Report

ޕާކުކުރާނެ ޖާގައެއްނެތް! އެކަމަކު ޕާކުރަންޖެހެނީ ޕާކިންޒޯނުގައި!

މމުހައްމަދު އަލީJan 5, 2026
ފުލުހުން ގެންދަނީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުފަހަރުތައް ނަގަމުންނެވެ. އެކަން އެގޮތަށް ކުރަނީ އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާތީއެވެ.  އެބުނާ ތަންތަނުގައި ޕާކުކޮށްފައިވަނީ ވެސް އާންމު މީހުންގެ އުޅަނދުފަހަރާއި ކުންފުނިތަކުގެ އުޅަނދު ފަހަރެވެ. ބައެއް ފަހަރު ސަރުކާރު ކުންފުނިތަކުގެ އުޅަނދުވެސް ހުރެއެވެ. އާންމު ދަތުރުފަތުރަށް ފަސާހަ ކުރުމަށްޓަކައި ފުލުހުން މިކުރާ މަސައްކަތަށް ސާބަސް ހުއްޓެވެ. ތަންފީޒީ އިދާރާއެއްގެ ހައިސިއްޔަތުން އެކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ. "ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވޭ،" ފުލުހުން ވިދާޅުވެފައިވެއެވެ. ދިވެހީންނަކީ މިފަދަ އެންގުންތަކަށް ކިޔަމަންތެރި ކަމާއެކު ތަބާވާ ބައެކެވެ. އެހެންނަމަވެސް ޕާކިން ޒޯންތަކަށްވުރެ އުޅަނދު ފަހަރު ގިނަވެއްޖެއެވެ. ޕާކުކުރުން ދަތިވެއްޖެއެވެ. ޖާގަ މަދުވެއްޖެއެވެ. މިފަދަ ކަންކަން އިސްލާހު ކުރުމަށް ފުލުހުން ނަސޭހަތްދޭންވާނީ ޕާކުކުރާތަންތަން ވެސް ދެއްކުމަށްފަހުއެވެ. އެހެން ނޫނީ ކޮންމެ ދުވަހަކު އެތައް ބަޔަކު ކުށްވެރިވާނެއެވެ. ސަރުކާރުން މިކަމަށް ވެސް ހައްލު ހޯދައިދޭނެނަމަތާއެވެ.

Related News