ދިވެހި|English Aug 24, 2026 · 08:01
Top banner
Advertisement
އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފި
Report

އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފި

މމުހައްމަދު އަލީJun 9, 2026
ހުޅުމާލޭ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔަވި ދިވެއްސަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މިހާދިސާ ހިނގާފައިވަނީ ޖޫން ހަތްވަނަ ދުވަހުގެރޭގައެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އެރެ ރޭ 21:26 އެހައިކަންހާއިރު އެވެ. ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

Related News