މި ހިނގާ ޖުލައި 9 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ވަނީ އެކްސިޑެންޓުވެފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް އެކްސިޑެންޓަށްފަހު އަނެއް އުޅަނދުވަނީ މަޑުނުކޮށް ފިލައިފައެވެ. އެހެން ކަމުން އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. މި މަސައްކަތުގައި ފުލުހުން މިހާރުވަނީ އާންމުންގެ އެހީތެރި ކަމަށްވެސް އެދިފައެވެ.
"މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.
އެކްސިޑެންޓްގެ ތަހުގީގު ފުލުހުން މިހާރުވަނީ ފަށައިފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކަނޑުމަތީ ހާދިސާ





