އީރާނާއި އެމެރިކާއާ ދެމެދު މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތި މިވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. މި ދެގައުމުގެ މެދުގައި ބަދަލު ކުރެވޭ ހަމަލާތަކުގެ ސަބަބުން މުޅިމެދުއިރުމަތި މިވަނީ ހަނގުރާމައަކަށް ދޮރު ހުޅުވިއެވެ. ނުރައްކާ ބޮޑުވެފައެވެ.
އީރާނުން ބުނެފައިވަނީ އެގައުމުގެ އަސްކަރީ ބާރު މިހާރު ކުރިއަށްވުރެ ގަދަފަދަވާނޭ ކަމަށެވެ. އިސްތިއުމާރީ ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން އެއްގޮތަކަށް ވެސް ތައްޔާރުނޫން ކަމަށާއި އެންމެ ތަންފުކެއްވެސް އެމެރިކާ-އިސްރާއީލަށް ދުލެއް ނުކުރާނޭ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.
އެގައުމުން ބުނަނީ އީރާނުން ހަމަލާދެނީ އަމިއްލަ ދިފާޢުގައި ކަމަށެވެ. އެކަން ކުރަނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ވަނީ ބުނެފައެވެ.
އެމެރީކާއިން މިހާރު މަސައްކަތް ކުރަނީ ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށެވެ. އެކަން އެހެންވާން އީރާނުން ބޭނުމެއްނުވާނެއެވެ. އީރާނުން ބުނެ އިންޒާރުދީފައިވަނީ އެކަމަށް އެމެރިކާއިން ކުރަމުންދާ ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލާނޭ ކަމަށެވެ. އީރާނުން ބުނެ އިންޒާރުކޮށްފައިވަނީ ހަމަލާއަކަށްފަހު ހަމަލާއެއްދާނީ ނުރައްކާވަމުން ވަރުގަދަ ވަމުންނެވެ. މިކަމަށް ދުޝްމަނުން ހޭލައިތިބެންވާނޭ ކަމަށްވެސް ވަނީ އިންޒާރުކޮށްފައެވެ.
މިދުވަސްވަރަކީ އީރާނުގެ ކުރީގެ ލީޑަރުގެ ލޭފޮދުގެ ބަދަލު ހިފާނޭ ކަމުގެ ވާހަކަ މިހާރުގެ ލީޑަރު އައުކުރައްވާފައިވާ ދުވަސްވަރެކެވެ. އެހެންކަމުން މިކަމާ އެމެރިކާއިންވަނީ ސިހި މޭތެޅިފައެވެ. އީރާނުން ދީފާނެ ކުއްލިހަމަލާއަކަށް އެމެރިކާން ވަނީ ތައްޔާރުވެފައެވެ. ޓްރަމްޕުގެ ސެކިޔުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.
ހާލަތު މިހެން އޮއްވައި އެމެރިކާއިން ރޭވެސް ވަނީ އީރާނުގެ އެކި ތަންތަނަށް ހަމަލާދިފައެވެ. މިހަމަލާތަކުގައި ރިވޮލިއުޝަނަރީ ގާޑުންގެ އެކަކު ޝަހީދުވި ކަމަށްވެއެވެ. މިކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުންވަނީ ކުވެއިތާއި، ބަހުރެއިނާއި، ގަތަރާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބިރުވެރި ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި އެމެރިކާގެ މަރުކަޒުތަކަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންވެފައިކަން ވީޑިއޯތަކުން ފެނެއެވެ. އެމެރިކާގެ85 ތަނަކަށް އީރާނުން ހަމަލާދީ ސުންނާފަތިކޮށްފައިވާ ކަމަށް ބައެއް މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ. އީރާނުން ބުނަނީ މިއީ ފެށުމެއް ކަމަށެވެ.





