ދިވެހި|English Jul 26, 2026 · 02:06
Top banner
Advertisement
މަތިވެރީގައި އިންދި ގަސްތައް ބަލަހައްޓަން ރައްޔިތުންގެ އެހީބޭނުންވޭ: ކައުންސިލްގަސް އިންދުމުގެ ހަރަކާތެއް މަތިވެރީގައި ބާއްވައިފި/ފޮޓޯ ތިމާވެއްޓާބެހޭ ވުޒާރާ
Environment

މަތިވެރީގައި އިންދި ގަސްތައް ބަލަހައްޓަން ރައްޔިތުންގެ އެހީބޭނުންވޭ: ކައުންސިލް

ޟޟަމްރަތު އަހްމަދުJul 25, 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފަށްޓަވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، އއ. މަތިވެރީގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ މަތިވެރީގެ ތިމާވެށި ހިމާޔަތްކޮށް، ރަށް ފެހިކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އާއި މަތިވެރީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތުގެ ތެރެއިން އެރަށުގެ އެކި ސަރަޙައްދުތަކުގައި ވަނީ ގަސް އިންދައިފައެވެ. އިންދި ގަސްގަހުގެ ތެރޭގައި ރާއްޖޭގެ މާޙައުލާ ގުޅޭ ތަފާތު ބާވަތްތަކުގެ ގަސް ހިމެނެއެވެ. މީގެ ތެރޭގައި ހިޔާދޭ ގަސްތަކާއި، މޭވާ އަޅާ ގަސްތައް ހިމެނޭ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

"މި މަޝްރޫޢަކީ ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމަށާއި، ރާއްޖޭގެ ރަށްތަކަކީ ފެހި، ހިތްފަސޭހަ ތަންތަނަށް ހެދުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. މަތިވެރީގައި ބޭއްވި މި ހަރަކާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ."

މި މަޝްރޫޢުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އެރަށުގެ ކައުންސިލުން އުންމީދު ކުރައްވައެވވެ. އިންދި ގަސްތައް ބަލަހައްޓައި ބޮޑުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދައި ނިންމުމެވެ.

 

Related News