ދިވެހި|English Jul 29, 2026 · 02:20
Top banner
Advertisement
ސީޕީ އަޙްމަދު މުޙައްމަދުގެ ޝުކުރު ޗައިނާ ސަރުކާރަށްސީޕީ، ކޮންގް ސިއަންހުއާއާ ބައްދަލު ކުރެއްވުން/ފޮޓޯ ޕޮލިސް
News

ސީޕީ އަޙްމަދު މުޙައްމަދުގެ ޝުކުރު ޗައިނާ ސަރުކާރަށް

މމުހައްމަދު އަލީJul 28, 2026

ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު ޝައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސީޕީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ސިއަންހުއާއާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުން ބޭއްވީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައެވެ. މިއީ ޗައިނާ ސަފީރު ސީޕީގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމާއި، އެކި ދާއިރާތަކުން ޗައިނާއިން ދެމުންގެންދާ އެއްބާރުލުން ސީޕީވަނީ ފާހަގަ ކުރައްވާފައެވެ.

 މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުންވަނީ ދިވެހި ފުލުހުންގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.

 

Related News