މާޅޮހު ބަނދަރުގެ ބޮޑުބައި ނިމިއްޖެ
ބ. މާޅޮސް ބަނދަރުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރިވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގެ 83 ޕަސެންޓު މިހާރު ނިމިފައިވާކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
މިހާރު އޮތް ބަނދަރު ފުންކުރުން – 11,044 ކިއުބިކް މީޓަރ
އައު ބަނދަރު ފުންކުރުން – 46,194 ކިއުބިކް މީޓަރ
މިހާރު އޮތް ޗެނަލް ފުންކުރުން – 1,529 ކިއުބިކް މީޓަރ
ބޯޓު ބީޗިންގ އޭރިއާ ފުންކުރުން – 11,709 ކިއުބިކް މީޓަރ
ޗެނަލް ބްރޭކްވޯޓަރ – 81 މީޓަރ
ބަނދަރު ބްރޭކްވޯޓަރ – 221 މީޓަރ
ރިވެޓްމަންޓް – 453 މީޓަރ
ގްރޮއިން – 40 މީޓަރ
އެއްގަމު ތޮށި – 510 މީޓަރ
ސްކަވަރ އެޕްރަން – 510 މީޓަރ
މޫރިންގ ބޯއި – 11 ނަންބަރ
ރޭމްޕް – 11 މީޓަރ * 11 މީޓަރ
ނެވިގޭޝަން ލައިޓު – 2 ނަންބަރ
ބަނދަރު ލައިޓު – 19 ނަންބަރ
ޕޭވްމަންޓް – 2,365 އަކަ މީޓަރ
ކާބް – 363 މީޓަރ





