ދިވެހި|English Oct 28, 2026 · 20:02
Top banner
Advertisement
ބޮޑުއަދަބު ލިބޭ ޤާނޫނެއް ހެދިޔަސް ނަސްލު ނައްތާލުމާ ދެކޮޅު ހަދާނަން: ސައްޕެސައްޕެ
News

ބޮޑުއަދަބު ލިބޭ ޤާނޫނެއް ހެދިޔަސް ނަސްލު ނައްތާލުމާ ދެކޮޅު ހަދާނަން: ސައްޕެ

މމުހައްމަދު އަލީOct 28, 2026

ކިތަންމެ އަދަބުބޮޑުކޮށް ޤާނޫނުހެދިޔަސް، މީހުންމެރުމާއި ގަތުލުއާއްމު ހިންގުމާއި ނަސްލުނައްތާލުމާ ދެކޮޅު ހައްދަވާނޭ ކަމަށް އަޙްމަދު ޝަފީގު (މީމީ ސައްޕެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާގެ ގައުމީ މަޖިލީހަށް ކުރިމަތިލައްވާފައިވާ ސައްޕެ ވިދާޅުވީ ޤާނޫނެއް ހަދައިގެން މިފަ ކަންކަން ނުހުއްޓުވޭނޭ ކަމަށެވެ. "ބޮޑުންނާއި ވެރިން ވިދާޅުވިއަސް! އަދި ކިތަންމެ އަދަބުބޮޑުކޮށް ޤާނޫނުހެދިޔަސް، މީހުން މެރުމާއި ގަތުލުއާއްމުހިންގުމާއި ނަސްލު ނައްތާލުމާ އަހަރެމެން ދެކޮޅު ހަދާނަން! ޤާނޫނަކުން އެކަމެއް ނުހުއްޓުވޭނެ،" ސައްޕެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ބޮޑުންނާއި ވެރިންވިދާޅުވިއަސް" ފައިސާގެ ބޭނުމުގައި ވިޔަސް ބިމާއި އަމިއްލަ ވަންތަކަމުން ކުޑަމިންވަރެއްވެސް ބޭރުގެ ބާރުގެ ދަށަށް ދޫކޮށްލަން ރުހެވެން ނެތްކަމަށެވެ.  "ފައިސާގެ ބޭނުމުގައި ވިއަސް، އަހަރެމެންގެ ބިމާއި އަމިއްލަވަންތަކަމުން ކުޑަމިންވަރެއްވެސް ބޭރުބައެއްގެ ބާރުގެ ދަށަށް ދޫކޮށްލުމަކީ ރުހެވޭނެ ކަމެއްނޫން،"

 

Related News