ދިވެހި|English Jul 29, 2026 · 22:13
Top banner
Advertisement
އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް: ލަތީފްދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ލަތީފް/ފޮޓޯ މަޖިލިސް
News

އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް: ލަތީފް

މމުހައްމަދު އަލީJul 29, 2026

އެމްޑީޕީގެ ވެރިކަން ނިންމާލީ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، އެއިން އެއްވެސް މަންފާއެއް ރައްޔިތުންނަށް ނުލިބި ކަމަށް އެމްޕީ ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ލަތީފް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރަށްރަށަށް ބޭނުންވެފައިވާ އާސާސީކަންކަމުގެ ތެރޭގައި ހިމެނޭ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ވެސް އެމްޑީޕީން ވެރިކަން ނިންމާލިއިރު ގިނަ ރަށްރަށުގައި ގާއިމް ކޮށްދެވިފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ދިއްދޫގައި އިންޖީނުގެއެއް އަޅަން ބަޔަކާ ހަވާލުކުރި ކަމަށެވެ. އެހެންނަމަވެސް އަށާރަ ވަރަކަށް މިލިއަން ރުފިޔާއިން ނިންމާލެވޭ އެ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ 64 މިލިއަނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމުގެ ފަސްއަހަރު ނިމުނު އިރުވެސް އެމަސައްކަތް ކުރިއަށް ނުދާކަމަށް ވިދާޅުވިއެވެ.

މިފަދަ ކަންކަމުގެ ބުރަ އާޚިރުގައި އުފުލަންޖެހެނީ ސީދާ ރައްޔިތުންނަށް ކަމަށް ލަތީފް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމުގައި ހުރިހާ ކަމެއް ކޮށްފައިވަނީ މިގޮތަށް ކަމަށާއި އެހެން ކަމުން އެޕާޓީން ހިންގާފައިވާ "ޖަރީމާ" ތައް ބެލުމަށް އޭނާ ވަނީ މަޖިލީހުގެ ތަޅުމުގައި ގޮވާލައިފައެވެ.

ރަށްރަށަށް ދިއުމުން މިހާރުވެސް ރައްޔިތުން އެދެމުންދަނީ ފެނާއި ނަރުދަމާއި ކަރަންޓު ފަދަ ޚިދުމަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީއަށް ނިންމާ ނުލެވުނު މިފަދަ އެތައްކަމެއް ރައީސް ޑރ. މުޢިއްޒުގެ މިސަރުކާރުން ނިންމަވައި ދެއްވާނޭ ކަމަށެވެ.

Related News