ދިވެހި|English Aug 8, 2026 · 06:34
Top banner
Advertisement
މިއީ ހަގީގީ އުޚުއްވަތެރިކަން އިޚްތިޔާރު ކުރަންވީ ވަގުތު: އަރަގްޗީ
World

މިއީ ހަގީގީ އުޚުއްވަތެރިކަން އިޚްތިޔާރު ކުރަންވީ ވަގުތު: އަރަގްޗީ

ޟޟަމްރަތު އަހްމަދުAug 8, 2026

އަމިއްލަ ނަފްސަށް ބަރޯސާވުމަށާއި ޙަޤީޤީ އުޚުއްވަތްތެރިކަން އިޚްތިޔާރުކުރުމުގެ ވަގުތު އައިސްޖެހިއްޖެކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރަގްޗީ އަވަށްޓެރި ގައުމުތަކަށް ދެއްވާފައިވާ މެސެޖު ތަކުރާރު ކުރައްވައިފިއެވެ.

އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވެފައިވަނީ، ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާއާ ކުރިމަތިލުމުގައި އީރާނުގެ އަސްކަރިއްޔާއިންވަނީ އެގައުމުން ވެފައިވާ ތައްޔާރީތަކާއި ގާބިލުކަމާއި، އަދި ބާރު ސާބިތުކޮށްދީފައި ކަމަށެވެ.

މުސްލިމުން އެކުގައި ސާބިތުވެ ތިބޭނަމަ، ދުޝްމަނުންގެ ކިބައިން ކުރިމަތިކުރުވާ ކޮންމެ ގޮންޖެހުމަކާވެސް ސީދާ ކުރިމަތިލެވިދާނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

 

Related News